ރިހަފަތް

ތަރާވީސް ދަމަށް މޮންގޯލިއަން ރައިސް އެއް ކިހިނެތް ވާނެ؟

އޮއްސުމާއެކު މޭޒު ކައިރިއަށް ރޯދަ ވީއްލަން އާއިލާ އެއްވާއިރު ތަފާތު ބާވަތުގެ ކާނާ ތައްޔާރުކޮށްލާފައި ބެހެއްޓުމަށް ގިނަ އަންހެންވެރިން މަސައްކަތް ކުރެ އެވެ. އެހެންކަމުން މި ހުކުރު ދުވަހު ރޯދަ ވީއްލާ ގަޑިއަށް ފެންވަރުގެ މޮންގޯލިއަން ރައީސްއެއް ތައްޔާރުކޮށްލާފައި ބެހެއްޓުން ކިހިނެތް ވާނެ ހެއްޔެވެ. އޮއިޝީގެ ބަދިގެއިން "ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން މީރު މޮންގޯލިއަން ރައީސް އެއް ހަދާލާނެ ގޮތެވެ.

ބޭނުންވާ ތަކެތި

އަސޭ މިރުސް
މުގުރި މިރުސް
މެގީ ޓޮމާޓޯ ސޯސް
މެގީ ޗިލީ ސޯސް
މެގީ ޗިކަން ސްޓޮކް
މެގީ ސޯޔާ ސޯސް
މެގީ އޮއިސްޓާ ސޯސް
ކޮހިނޫރް ބާސްމަތީ ހަނޑު
ކުކުޅު
ޕްރޯން
ފިޔާ
ލޮނުމެދު
ހަކުރު
ލޮނު
ފިޔާލާ ލޮނުމެދާ އިނގުރުގެ ޕޭސްޓް
ކަންކުން ފަތް
ކެރެޓެއް
ކެބެޖެއް
ލީކްސްއެއް
ލުނބޯ

ތައްޔާރު ކުރާ ގޮތް

މޮންގޯލިއަން ރައީސްގެ ޗިލީ ޕޭސްޓު ހެދުމަށް ތަވައަކަށް ސަފޯލާ ގޯލްޑް ތެޔޮ އަޅާ ފިޔާލާ ލޮނުމެދާ އިނގުރުން ހަދާފައި ހުރި ޕޭސްޓްއަޅާނީ އެވެ. ދެން ރަނގަޅަށް ކެކިގަތުމުން އޭގެ މައްޗައް މުގުރި މިރުހާއި އަސޭ މިރުސް ކޮޅަކައި ކުޑަ ހަކުރު ކޮޅަކާއި ލޮނުކޮޅެއް އަޅާލާނީ އެވެ. ދެން މެގީ ސޯސް އަޅާލުމަށް ފަހު ލުބޯއެއް އެ ޕޭސްޓު ގަނޑު މައްޗައް ފިތާލާނީ އެވެ. ދެން އޭގެ މައްޗައް އެއް ޓޭބަލް ސްޕޫންގެ އޮއިސްޓާ ސޯސް އަޅާނީ އެވެ. މޮންގޯލިއަން ރައީސް އަށް ބޭނުންވާ ޕޭސްޓް ހެދުނީ އެވެ.

ދެން މަސްގަނޑު ހެދުމަށް ކުކުޅާ ޕްރޯންސް އެއްކޮށްލުމަށް ފަހު އެއަށް ކޮށާފައި ހުރި ލޮނުމެދާއި ފިޔާއަޅާ އެއް ޓޭބަލް ސްޕޫންގެ ސޯޔާ ސޯސް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. އެއްކޮށްލާފައި ހުރި މަސްގަނޑު އަޅާލާނީ ތެޔޮ ތަވައަކަށެވެ. ދެން އޭގެ މައްަޗއް ކެރެޓާ ކެބެޖާއި ލީކްސް އަޅާ ލުމަށް ފަހު އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ. ކުޑަ ލޮނުކޮޅެއް ވެސް އަޅާލާށެވެ.

ތަވާގައި ހުރި މަސްގަނޑު މައްޗައް ބޭނުންވާ މިންވަރަކަށް ކޮހިނޫރް ބާސްމަތީ ރައީސް އަޅާލާށެވެ. އަދި އޭގެ މައްޗައް ކަންކުން ފަތް އަޅާލާފައި ކުރިން ތައްޔާރުކުރި ޗިލީ ޕޭސްޓު އަޅާލާނީ އެވެ. އެއަށް ފަހު މެގީ އޮއިސްޓާ ސޯސްއާ ޓޮމާޓީ ސޯސް މައްޗައް އަޅާލާ، ޗިކަންސް ސްޓޮކާއި އަސޭމިރުސް ކޮޅެއް އަޅާލާށެވެ. އޭރުން މޮންގޯލިއަން ރައީސް ހެދުނީ އެވެ.