ކައިވެނި ކުރާ މީހާއަކީގެ ގައިގައި ހުންނަން ޖެހޭ ސިފަތަކުގެ ލިސްޓު ކިތަންމެ ދިގުކޮށްވެސް ކިޔައިލެވިދާނެ އެވެ. އެ ލިސްޓު އެހާ ދިގުވެސްމެ އެވެ. ކައިވެނި ކުރާ ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކާއި ބެހޭގޮތުން ދާދިފަހުން ސައިންސްވެރިން ވަނީ ދިރާސާ އެއްވެސް ކޮށްފަ އެވެ. އެ ދިރާސާ އިން ދައްކާ ގޮތުގައި ކައިވެނި ކުރަން އެންމެ ރަނގަޅީ އިދިކޮޅު ޖިންސުގެ ބެސްޓްފްރެންޑާ އެވެ.
އެކަމުގައި އެތައް ސަބަބެއް ސައިންސްވެރިން ފާހަގަ ކޮށްފައިވެ އެވެ. އެ ކައިވެނިތައް މާބޮޑަށް އުފާވެރި ކަމަށްވެސް ވެއެވެ. ފުރަތަމަ ކަމަކަށް އެއީ އެންމެ ކުރިން ފެށިގެން ދެ މީހުންނަށް ދެ މީހުންގެ ހުރިހާ ސިއްރެއް އެނގުމެވެ. ޝައުގުވެރިވާ ކަންތައްތަކާއި ކުރީގެ މާޒީ އެނގި އަންޑަސްޓޭންޑް ވުމުގެ ބައިވެސް ބޮޑުވާނެ އެވެ.
މިސާލަކަށް ކުރިން ރައްޓެހިވި ކުއްޖަކާ ދިމާވި ވާހަކަވެސް ބުނެވިދާނެ އެވެ. އިތުރު މައްސަަލަތަކެއް އުފައްދާ ޝައްކު ކުރުމުގެ ފުރުސަތު ބައިވެރިޔާއަކަށް ނޯންނާނެ އެވެ. އެއީ އެކުއްޖާ އަކީ ކާކުކަން އެނގި ކަންތައް ހިނގައިދިޔަ ގޮތް އެންމެ ގާތުން ފެނުނު މީހަކަށް ވާނެތީ އެވެ. އެކަމުން ބައިވެރިޔާއަށް ކުރާނެ އަސަރުވެސް އެންމެ ރަނގަޅަށް އެނގޭނެތީ އެވެ.
ދެވަނަ ކަމަކަށް ބެސްޓް ފްރެންޑާ ކައިވެނި ކުރުމުން ހިނިތުންވެ ހީނލާ ހަދާލަން ލިބޭ ފުރުސަތުތައް ވެސް ގިނަ ވާނެ އެވެ. ކިތަންމެ މޫޑީ ވެފައި ދެރަވެފައި ހުއްޓަސް މޫޑު ރަނގަޅުކޮށްލާ ހެއްވާލާނެ ގޮތް އޭނާއަށް އެނގޭނެ އެވެ. ކުރީގެ މަޖާ ވާހަކަތައް ވެސް އެނގި ޅައިރު ކުރެވިފައި ހުރި ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ވާހަކަ ދައްކާ މޫޑު ރަނގަޅު ކޮށްލާނެ އެވެ.
ނެގުނު އެންމެ ގޯސް ޑިސިޝަންތަކުގެ ސަބަބުން ލިބުނު ހުރިހާ ހިތާމައެއްގައި އެންމެ ގާތުގައި ހުރެގެން ބައިވެރިވީ ބެސްޓް ފްރެންޑެވެ. ބަލި ފަޔަކީ ކޮބައިކަން ކިތަންމެ ރަނގަޅަކަށް ވެސް އޭނާއަށް އެނގޭނެ އެވެ. އެ ޑިސިޝަންތައް ނެގުމުގެ ސަބަބުވެސް އެނގޭނެ އެވެ. އާއިލާއިން އެއްބާރުލުން ނުލިބުނު ވަގުތުވެސް އެންމެ ކައިރީގައި ހުރީ އޭނާ އެވެ. އެހެން ކަމުން އޭނަ ކައިރީ ބޭނުން ކޮންމެ ވާހަކައެއްވެސް ދެއްކޭނެ އެވެ. ރޯން ބޭނުންނަމަ ކިތަންމެ އިރަކުވެސް ރޮވޭނެ އެވެ. ފަހުން ލަދުގަންނާކަށް ނުޖެހޭނެ އެވެ. ކޮންމެ ވާހަަކައެއް ބުނަންވެސް ކޮމްފޮޓަބްލް ވާނެ އެވެ.
ދެން އޮތީ ގުޅުމަކަށް އެންމެ މުހިންމު އިތުބާރެވެ. ބެސްޓް ފްރެންޑާ ދެމެދު ހަމަގައިމުވެސް އިތުބާރު އޮންނާނެ އެވެ. ކުޑަމިންވަރެއްގެ ޝައްކެއްވެސް ނޯންނާނެ އެވެ. ބެސްޓްފްރެންޑާއެކު ދުވަހަކުވެސް އެކަނިވެރިކަން އިހުސާސެއް ނުވާނެ އެވެ. ކޮންމެ އުފަލެއް އަދި ހިތާމައެއް ހިއްސާ ކުރާނެ އެވެ. އެކުގައި އުޅެން ފެށުމުން ކުރިންވެސް ކުރާ މަޖާ ކަންތައްތައް ކޮށް އެކުގައި މާގިނަ ވަގުތު ހޭދަކުރެވޭނެ އެވެ.
އެންމެ ހާއްސަކަމަކީ އެ ގުޅުމުގައި އެކުވެރިކަން އޮތުމެވެ. ދެމަފިރިންގެ ގުޅުމުގެ އިތުރުން އެކުވެރިކަން އެންމެ ފުރިހަމައަށް އެދެމެދުގައި އޮންނާނެ އެވެ.