ރޯދަ މަހާ ރޯއްޖާ

ދަ ގޯޓްފިޝް ކެފޭގެ ރޯދަ ވީއްލުން މިސްކޮށް ނުލާތި!

Jun 3, 2017
1

"ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ" ގައި މުޅިން ވެސް ތިބޭނީ ދިވެހިންނެވެ. ހިނިތުންވުމާއެކު ހިދުމަތް ދޭނީ ދިވެހި ޒުވާން ވަރަށް ރީތި ކުދިންނެވެ. މިއީ އެންމެ އުފާވާނެ އެއް ކަންތަން ނޫން ހެއްޔެވެ؟ ދެން އޮތީ އޮންނާނީ އެތާނގެ ރޯދަ މެނޫގެ ވާހަކަ އެވެ.

މި ތަނުގައި ރޯދަ މެނޫ "އާދިއްތަ" ދުވަހުން ފަށާނަމަ ކަވާބާއި ފެންފޮޅި އަދި ފަތު މަސް ހުންޏާއި ބިސްގަނޑު ވެސް ހުންނާނެ އެވެ. އަދި ސްޓީމް ރައިސް އާއި ރިހާ ކުރު ރިހަ އަދި ފްރައިޑް ސްޓީމް ޗިކަންގެ އިތުރުން ބީފް ފްރައިޑް ރައިސް ލިސްޓުގައި ހިމަނާލަން ޖެހެ އެވެ. އަދި ގަބުޅި ބޯކިބާ ފަދަ ފޮނި އެއްޗިހި ވެސް ބައިވަރު ހިމެނެ އެވެ.

ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގެ މެނޫގެ އެހެން ދުވަސްތަކަށް ބަލާއިރުވެސް ކެއުންތައް މުޅިން ތަފާތެވެ. މި މެނޫގައި ހުރި ބައެއް ބާވަތްތަކުގެ ތެރޭގައި ޖަޕަނީސް ބީފް ކަރީއާއި ގެރިކިރު ބޯކިބާ ފަދަ ބާވަތްތައް ހިމެނެ އެވެ. ބިސް ރިހަ އާއި ބިސް ކީމިޔާ ފަދަ ދިވެހިންގެ ދަންނަ ގިނަ ރަހަތަކެއް ވެސް ހިމެނެ އެވެ.

މި ރެސްޓޯރެންޓުން ވިއްކާ ރޯދަ މެނޫގެ އަގުތައް އުޅެނީ، 239 ރުފިޔާ އާއި 269 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ޒުވާނުންގެ މެދުގައި މަގުބޫލުކަން ބޮޑު ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯއަށް މި އަހަރު ރޯދަ ވީއްކަން ނުދެވިއްޖެނަމަ، އެވާނީ ފަޅު ކަމަކަށްކަން ޔަގީނެވެ. ކޮންމެވެސް ދައްޗެވެ. ހިތަށް ހިތްހަމަ ޖެހުން ލިބިފައި ކަލައިން ލިބޭ އެތިކޮޅުވެސް ރަނގަޅުވާނެ އެވެ.