ކުޅިވަރު

ޔުވެންޓަސް ބޮޑު ޔަގީން ކަމެއްގައި

Jun 3, 2017

ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި، ޔުވެންޓަސް އަށް ފަހަރަށް ކުޅެފި އެވެ. ނަމަވެސް، އޭގެ ތެރެއިން އެ ޓީމަށް ކާމިޔާބުވީ އެންމެ ދެ ފަހަރު އެވެ. ދެ އަހަރަށް ފަހު، ޔުވެންޓަސް އަނެއްކާވެސް، ޗެމްޕިއަންސް ލީގް ފައިނަލަށެވެ. ވާދަ ކުރާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ނަމަވެސް، މިރޭގެ ފައިނަލަށް ނިކުންނައިރު، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބަސް މަގު ތަފާތެވެ. އޭނާ ބުނީ މީގެ ދެ އަަހަރު ކުރިން، ފައިނަލަށް ތައްޔާރުވި ވަރަށް ވުރެ މާބޮޑަށް ޔުވެންޓަސް އޮތީ މިފަހަރުގެ ފައިނަލަށް ތައްޔާރު ވެގެން ކަމަށެވެ.

އޭނާ ބުނީ، ތާރީހަށް ބަލައި، މާޒީ އާ މެދު ވިސްނަން ނުޖެހޭނެ ކަމަށާއި، ތަށި، ޔުވެންޓަސްއަށް ގެންދެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

"އަހަރެން އަޑު އެހިން އަހަރެމެން ވަރަށް ގިނަ ފައިނަލުތަކުން ނާކާމިޔާބު ވެފައިވާ ވާހަކަ، މާދަމާ [މިރޭ] މިއީ އެކަމަށް ނިމުން ގެންނަ [ރޭ) 50 އަހަރު ކުރިން ވެފައިވާ ކަމަކާ މެދު އަހަރެމެން ވިސްނާކަށް ނުޖެހޭ،" އެލެގްރީ ބުންޏެވެ.

އޭނާ ބުނީ، ޔުވެންޓަސްގެ އަމިއްލަ ފަސްގަނޑަށް ތަށި ގެންދެވޭނެ ކަން މުޅި ޓީމުން ގަބޫލުކޮށް ޔަގީން ކުރަން ޖެހޭ ކަމަށެވެ. އަދި 2015 ގެ ފައިނަލުގައި އެހާބޮޑަށް ޔަގީން ނުކުރާ ކަމަށާއި، އޭރުގެ ފައިނަލަށް ތައްޔާރުވި ވަރަށް ވުރެ މާބޮޑަށް، މިފަހަރުގެ ފައިނަލަށް ޔުވެންޓަސް އޮތީ ތައްޔާރު ވެގެން ކަމަށެވެ.

"މިއަދު އަހަރެމެން މިގަބޫލުކޮށް ޔަގީންކުރާ ވަރަކަށް، 2015 ގައި ޔަގީނެއް ނުކުރަން، މިއަހަރު ތަފާތު އަހަރެމެން މެޗާ މެދު ދެކޭގޮތްވެސް ތަފާތު، އަހަރެމެންނަށް މާބޮޑަށްވެސް ކުރިއެރުން ލިބިއްޖެ، މުޅި އަހަރު އަހަރެމެން މަސައްކަތް ކުރީ މިކަމަށް، އެލެގްރީ ބުންޏެވެ.

ވޭލްސްގެ ކާޑިފްގައި ކުޅޭ، ފައިނަލު މެޗު ހާއްސަ ވަނީ، ވޭލްސްއަށް ނިސްބަތްވާ، ރެއާލްގެ ވިންގާ ގެރތު ބޭލްއަށެވެ. ނަމަވެސް، އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައި ވުމުން، ފިޓްކޮށް ހުރި ނަމަވެސް، މިރޭގެ މެޗުގެ ފުރަތަމަ 11 އިން އޭނާ އަށް ޖާގަ ދޭނެ ކަމަކަށް ނުބެލެވެ އެވެ.

"ބޭލް ކުޅޭ ނަމަ ވަރަށް ބޮޑަށް ވައިޑް ވެގެން ކުޅޭނީ، (ބަދަލުގައި) އިސްކޯ ކުޅޭނަމަ ތާފތު ވާނެ، ވާނެ ގޮތެއް ބުނާކަށް ނޭންގޭޏެ، އެ ކަމަކު އެޓީމު ޑިފެންސްގައި ތަރުތީބުކަން ގެއްލޭނެ،" އެލެގްރީ ބުންޏެވެ.