ރޯދަ މަހާ ރޯއްޖާ

ދުވަސްވީ ފުޑްބޭންކް، ވަކި ދުލެއް ނުކުރޭ!

Jun 4, 2017

ފުޑް ބޭންކުގެ ހާއްސަ ކަމަކީ ރަހައާއި އިތުބާރެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރެސްޓޯރެންޓުގެ "ފޭނުން" އެހާ ގިނައީ އެހެންވެގެންނެވެ. މީރު ކެއުންތަކާއެކު، ހިދުމަތް ވެސް ރަނގަޅެވެ. މި އަހަރުގެ ރޯދަ މަހަށް މި ރެސްޓޯރެންޓު ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ފުޑްބޭންކް މިއަހަރު މުޅިން ތަފާތެވެ

ފުޑް ބޭންކުން މި އަހަރުގެ ރޯދަ އަށް ތިން މެނޫއެއް ނެރެފައިވެ އެވެ. މި އަހަރު ފުޑްބޭންކް ރޯދަ މެނޫގެ އަގުތައް އުޅެނީ 220ރ. އިން ފެށިގެން 280ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ފުޑްބޭންކުގައި ތިން މެނޫއެއް ހިމެނެ އެވެ. މީގެ ތެރެއިން ކޮންމެ މެނޫއެއްގައި ވެސް އެވްރެޖުކޮށް 16 ބާވަތްތައް ހިމެނެ އެވެ.

މި ރެސްޓޯރެންޓުގެ މެނޫގައި ރޯދަ ވީއްލުމުގެ އިތުރުން ހާއްސަ އިތުރު ކަންތައްތައް ހިމެނެ އެވެ. އެގޮތުން "ހާރާއި ރޯދަ ވީއްލުމަށް ހާއްސަ" ޕެކޭޖެއްވެސް ނެރެފައިވެ އެވެ. މި ޕެކޭޖުގައި ހިމެނެނީ ފުލް ތަންދޫރީ ޗިކަން އަކާއި ދެ ނާން އަދި ދާލް ފްރައިގެ އިތުރުން ތަރުކާރީ ބަތަކާއި މިކްސް ތަރުކާރީ ސެލެޑެއްގެ އިތުރުން ކޯން ނުވަތަ ސްޕްރައިޓެކެވެ. މި ޕެކޭޖުގެ އަގަކީ 199ރ. އެވެ. މީގެ އިތުރުން މި މެނޫގައި 10 މީހުންގެ އޯޑަރެއް ދިނުމުން އެކަކު ހިލޭ ކޮށްލެވެ އެވެ.

ހާއްސަ ގިނަ ކަންތައްތަކާއެކު، ފުޑްބޭންކު މި އަހަރު މުޅިން މިވަނީ ތަފާތު ކޮށްލާފަ އެވެ.