ރޯދަ މަހާ ރޯއްޖާ

ކްލަބް ސޭންޑްވިޗެއް ހަދާގޮތް ދަސްކޮށްލާ!

Jun 3, 2017

ކޮންމެ ދުވަހަކު އާދައިގެ ސޭންޑްވިޗް ހެދުމުގެ ބަދަލުގައި މިއަދު ރޯދަ ވީއްލާ ގަޑިއަށް ތަފާތުކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟ އެގޮތުން "ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ ކްލަބް ސޭންޑްވިޗް ހަދާނެ ގޮތެވެ. އެއީ ކްލަބް ސޭންޑްވިޗްއަކީ ރެސްޓޯރަންޓުތަކަށް ދާ ދިވެހިންނާ ވަރަށް ރައްޓެހި އެއްޗެކެވެ. ނަމަވެސް ގޭގައި ވެސް ވަރަށް ފަސޭހައިން ކްލަބް ސޭންޑްވިޗް ތައްޔާރުކޮށްލެވިދާނެ އެވެ.

ބޭނުންވާ ތަކެތި

ޕެސްޓުރައިޒް ހޯލް އެގް
އަޖްނަަމޮޓޯ
އަސޭމިރުސް
ހަކުރު
ޓޮމާޓޯ
ފިޔާ
ސެލެޑު
މެގީ ޓޮމާތޯ ސޯސް
ލެޓިއުސް
ޕާން
އެންކާ ޗީޒް
މަޔޮނައިޒް
ކުކުޅު (ފިހެފައި)
ފްރެންޗް ފަރައިޒް

ތައްޔާރު ކުރާ ގޮތް

ކްލަބް ސޭންޑްވިޗް ހަދަން ޕެސްޓުރައިޒް ހޯލް އެގް ބޭނުންކޮށްގެން ބިސްގަނޑެއް އަޅާލާށެވެ. އެއަށް ފަހު ހަތަރު ޕާންފޮތީގައި މަޔޮނައިޒް ހޭކުމަށް ފަހު އެތަނުން އެއް ޕާނެއްގެ މަތީގައި ކޮށާފައި ހުރި ޓޮމާޓޯއާ ފިޔާ އަދި ލެޓިއުސް ފަތް ބާއްވާށެވެ. އެއަށް ފަހު ކުޑަ މެގީ ސޯސް ކޮޅެއް މައްޗައް އަޅާލާަ އޭގެ މަތީގައި ޗީޒް ސްލައިސް އެއް އަޅާލާނީ އެވެ. އަދި މަޔޮނައިޒް ލާފައި އޮތް ދެވަނަ ޕާންފޮތި އަޅާނީ އެވެ. ދެން ފިހެފައި ހުރި ކުކުޅު ޕާން ފޮތީގެ ސައިޒަށް ހަތަރެސް ކަނަށް ކަފާލާނީ އެވެ. ކުކުޅުވެސް ބައިންދާނީ ޕާން ފޮތީގެ މަތީގައި ބާއްވާ އޭގެ މަތީގައި ތިން ވަނަ ޕާން ފޮތި ބާއްވާނީ އެވެ. ދެން ބިސްގަނޑު ވެސް ހަތަރެއސް ކަނަށސް ކޮށާލާފައި އެ ޕާންފޮތި މާތީގައި ބާއްވާ ފަހު ޕާންފޮތި އަޅާ ބަންދުކޮށްލާނީ އެވެ.

މަތި މައްޗައް ޖާހާފައި ހުރި ހަތަރު ޕާންފޮތި ރަނގަޅަށް ހިފެހެއްޓުމަށް ހަތަރު ކަނަށް ޓޫތު ޕިކް އެއް ލައްވާލާށެވެ. އަދި ޕާނުގެ އެއްފަރާތްތައް ކަފާލުމަށް ފަހު ތަށީގައި އަތުރާލާށެވެ. ދެން އޭގެ މަތިން ފްރެންޗް ފްރައިޒް އާ ސެލެޑުގަނޑު ވެސް އަޅާލާށެވެ.