ކުޅިވަރު

މުސާރަ ކުޑަވުމުން އާ ކޯޗް ސެވިއްޔާ ދޫކޮށްލައިފި

Jun 4, 2017

ނިމިދިޔަ ސިޒަންގައި، ސެވިއްޔާއަށް ކޯޗް ކޮށްދިން، ސަމްޕައޮލީ، ސެވިއްޔާ ދޫކޮށްލުމުން، އޭނާގެ ބަދަލުގައި ގެންނަަން މަސައްކަތް ކުރި ސެލްޓަވީގޯގެ ކުރީގެ ކޯޗް އެޑްއާޑޯ ބެރިއްސޯއަށް ދޭން ކަނޑައެޅި މުސާރަ ކުޑަވުމުން، ސެވިއްޔާއާއެކު ކުރިއަށް ނުދާން، އޭނާ ނިންމައިފި އެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން، ބުނެފައި ވަނީ، ސެވިއްޔާގެ ހުށަހެޅުމައިގެން، ބެރިއްސޯ ކުރިއަށް ނުދާން ނިންމީ، އެއްބަސްވުމުގެ ވާހަކަތައް ނިމެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ބެރިއްސޯގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭނާ އަށް ނިމިދިޔަ ސީޒަންގައި ލިބުނު މުސާރައަށްވުރެ، ކުޑަ މުސާރައެއް ދޭން ސެވިއްޔާ އިން ހުށަހެޅުމެވެ.

ސެވިއްޔާއިން ހުށަހަޅައިފައި ވަނީ، ފުރަތަމަ ސީޒަންގައި، 2.3 މިލިއަން ޔުރޯ ދިނުމަށެވެ. އަދި އެއަށްފަހު ދެ ވަނަ ސީޒަންގައި 3.4 މިލިއަން ޔޫރޯ ދިނުމަށެވެ.

ނަމަވެސް، ބެރިއްސޯގެ ޓީމުން ބުނެފައި ވަނީ، އެ އަގަކީ، ވީގޯއިން އޭނާ އަށް ދީފައިވާ އަގަށް ވުރެ ކުޑަ އަގެއް ކަމަށެވެ. މިހާރު އޭނާ ގެންދަން މަސައްކަތް ކުރަނީ، ޕޯޗްގަލްގެ ޕޮޓޯއިން ނެވެ.

ސެވިއްޔާ ދޫކޮށްލި، ކޯޗް ސަމްޕައޮލީ މިހާރު ވަނީ އޭނާގެ އުފަން ގައުމު، އާޖެންޓީނާގެ ކޯޗް ކަމާ ހަވާލު ވެފަ އެވެ.