ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލާ ގަޑީ މީހާ ބަދަލުކޮށްލާނެ ޑާކް ޗޮކްލެޓް ލާވާ ކޭކް!

Jun 4, 2017

އަވަސްގެ "ރިހަފަތު" ގައި މިއަދު މި ހިމަނާލަނީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލެވިދާނެ މީރު ޑެޒާޓް އެކެވެ. އެއީ ގިނަ ބަޔަކަށް އެ ފެނިފައި ވެސް ކުޅުދިޔާ ކޮށްލާ ޑާކް ޗޮކްލެޓް ލާވާ ކޭކް އެވެ. އޮއިޝީގެ ބަދިގެއިން މި ހާއްސަ ޑިޝް ތައްޔާރުކޮށްލާނީ ޝެފް އަހުމަދު ފަތީނެވެ.

ވަރަށް ފަސޭހައިިން މީރު ލާވާ ކޭކްއެއް ތައްޔާރުކޮށްލާނެ ގޮތް ބަލައިލާށެވެ.

ބޭނުންވާ ތަކެތި

225 ގްރާމް ޑާކް ޗޮކްލެޓް
1/3 ޖޯޑު ފުށް
3 ބިސް
1/3 ޗޯޑު ހަކުރު
4 ޓޭބަލް ސްޕީން ބަޓަރު
ލޮނު
ކާސްޓާ ޝުގާ

ތައްޔާރު ކުރާ ގޮތް

ފުރަތަމަ ކަމަކަށް ލާވާ ކޭކް އަޅަން ބޭނުން ކުރާ ކަޕްކޭކް ޓްރޭ ނުވަތަ އާދައިގެ ޖޯޑޭއްގައި ބަޓަރާއި ފުށް ހާކާލާށެވެ. އަދި 200 ޑިގްރީގައި ޕްރީ ހީޓް ކުރަން އަވަނަށް ލާށެވެ.

ޗޮކްލެޓް ކެކް ހެދުމަށް ތައްޓަކަށް ތިން ބިހާ 1/3 ޗޯޑުގެ ހަކުރު އަޅާލާށެވެ. އަދި ކޭކްސް މިކްސް ކުރުމުގައި ހުދު ކުލަ އަރަންދެން ގިރާލާށެވެ. ދެން ޗޮކްލެޓް ހަދަން ތަވައަކަށް 225 ގްރާމްގެ ޑާކް ޗޮކްލެޓް އަލާ ހޫނުކޮށްލާށެވެ. ޗޮކްލެޓުގަނޑު ގިރުމުން އޭގެ ތެރެއަށް ހަތަރު ޓޭބަލް ސްޕޫންގެ ބަޓަރު އަޅާލާށެވެ. އެ ޗޮކްލެޓާ ރަނގަޅށް އެއްކޮށްލާނީ އެވެ.

އެންމެ ފަހުން ބިސް އެއްޗައް ޗޮކްލެޓް އަޅާލާ އަނެއްކާ ވެސް ރަނގަޅަށް ގިރާލާނީ އެވެ. ގިރަމުން އޭގެ ތެރެއަށް 1/3 ޖޯޑުގެ ފުށް އަޅާލާށެވެ. އަދި ކުޑަ ވެނީލާ އެސެންސުކޮޅެއް އަޅާލާށެވެ. ދެން ޗޮކްލެޓް އަޅާނީ ބަޓަރާއި ފުށް ހާކާފައި ހުރި ޖޯޑުތަކަށެވެ. އެއަށް ފަހު 15 މިނެޓުވަންދެއް އަވަނުގައި 200 ޑިގްރީގައި ފިހާނީ އެވެ. އަދި ތަށީގައި ރީއްޗައް އަތުރާލާށެވެ. ޑާކް ޗޮކްލެޓް ލާވާ ކޭކް ތައްޔާރުކޮށްލެވުނީ އެވެ.