ބޭރު ކުޅިވަރު

ހަޒާޑަށް އަނިޔާވެއްޖެ

Jun 5, 2017

ބެލްޖިއަމްގެ ގައުމީ ޓީމުގެ ޓްރެއިނިންގައި އެ ޓީމުގެ މުހިންމު ޕްލޭމޭކަރު އެޑިން ހަޒާޑަށް އަނިޔާވެއްޖެ އެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ހަޒާޑް 26، ގެ ކަނާތު ފަޔަށް ޓްރެއިނިންގައި ލިބުނު އަނިޔާއެއް އިތުރަށް ބެލިއިރު، އޭނާގެ ކުޑަހުޅު ބިންދައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށެވެ.

މި އަނިޔާއާ ގުޅިގެން ހަޒާޑް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް އަދި ނޭނގެ އެވެ. އެކަމަކު ހަމަ ޔަގީނުން ވެސް ޗެކް ރިޕަބްލިކާ ދެކޮޅަށް މިއަދު ބެލްޖިއަމް ކުޅޭ މެޗާއި ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ ނުވަ ވަނަ ދުވަހު އެސްޓޯނިއާއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗުގައި ހަޒާޑެއް ނުފެންނާނެ އެވެ.

މިދިޔަ ސީޒަންގައި ޗެލްސީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ހަޒާޑް ވަނީ 36 މެޗުން 16 ލަނޑު ޖަހައި، މުހިންމު ދައުރެއް އަދާކޮށްފަ އެވެ.