ރޯދަ މަހާ ރޯއްޖާ

ބާން ތައި: ތަފާތު އެއްޗެއް ކާލަން އެންމެ ރަނގަޅު ޗޮއިސް!

Jun 6, 2017

ރޯދަ ވީއްލާ ގަޑިއަށް ތަފާތު ކާނާގެ ބާވަތްތައް ކެއުމުގެ ޝައުގުވެރިކަން ހުރެދާނެ އެވެ. އެ ފަދަ މީހުންނަށް މިތަނަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ބުނެވިދާނެ އެވެ. މި ތަނަކީ ތައިފުޑްގެ ރަހަތައް އެކުލެވޭ، "ބާން-ތައި" އެވެ.

ތައިލުޑް ހިމެނޭ ރާއްޖޭގެ އެހެން ރެސްޓޯރެންޓްތަކާ މުޅިން ތަފާތު ކޮންސެޕްޓަކަށް ހިންގާ "ބާން ތައި" ރޯދަ މެނޫގައި ތަފާތު ކަމެއް ސިފަ ކުރެވެ އެވެ. މެނޫގެ ރަހަތައް މީރުކޮށް ދީފައިވަނީ ތައިފުޑްގެ ގިނަ ރަހަތަކާއި ދިވެހިންގެ އަރުތެރެ އަށް އެންމެ މީރު ދިވެހި ކާނާ ހިމަނައިގެންނެވެ. މެނޫގެ އަގު އުޅެނީ މީހަކަށް 220ރ. އަށެވެ. މެނޫގައި 4-12 އަހަރާ ދެމެދުގެ ކުދިންނަށް ނަގަނީ 120ރ. އެވެ. އަދި ހަތަރު އަހަރުގެ ކުދިންނަށް ހިލޭ ބައިވެރިވެވޭނެ އެވެ.

"ބާން ތައި" މެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ޑީޕްފްރައިޑް ކަންކުން އާއި ލެބަނީސް ގްރިލް ޗިކަން އަދި ބާން ތައިގެ މީރު ބިސްގަނޑު ހިމެނެ އެވެ. މީގެ އިތުރުން ރޮއްޓާއި ފެން ފޮޅި އަދި ބަރަބޯ މަސް ހުނީގެ އިތުރުން ތަރުކާރީ ރިހަ ހިމެނެ އެވެ.

މި ރެސްޓޯރެންޓުގެ މެނޫ ހާއްސަވަނީ ހަމައެކަނި އުފެއްދުންތަކަށް އެކަންޏެއްވެސް ނޫންނެވެ. ބާން ތައި މެނޫ މުއްސަނދި ކުރުމުގައި ފޮނި އެއްޗިހީގެ ރަހަތަކަށް ހާއްސަ ސަމާލުކަމެއް ވެސް ދީފައިވެ އެވެ. މެނޫގައި ހިމެނޭ ފޮނި ކާތަކެތީގެ ތެރޭގައި ލެމަމް މޫސް އާއި ބިސްކަޓް ޕުޑިން އަދި ކެރަމަލް ޕުޑިން ފަދަ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ކެއުމަށް އިންސާފު ކުރުމަށްފަހު އަނގާ މީރުކޮށްލުމާއި ބަނޑު ހަމަޖައްސައިލުމަށް ކޮފީއެއް ވެސް ގެނެވިދާނެ އެވެ.