ރޯދަ މަހާ ރޯއްޖާ

ޗަމްޕާ ސެންޓްރަލްގެ ހިތްފަސޭހަ މާހައުލު ރޯދަ ވީއްލަން ސަޅި!

Jun 7, 2017
  • ރޯދަ މެނޫގެ އަގު 225ރ.
  • ތަރާވީސް މެނޫ 110ރ.
  • ހިތް ގައިމު މާހައުލެއް

"ޗަމްޕާ ސެންޓްރަލް" އޭ ބުނުމުން ހިތަށް ވެރިވާނީ އެތަނުގެ އުސް ކަމާއި ހައިބަތެވެ. ޗަމްޕާ އާއިލާއިން ގަނެ ތަރައްގީ ކުރި، "ޗަމްޕާ ސެންޓަރަލް ހޮޓަލު" ގެ ހައިބަތު ބޮޑެވެ. މި އަހަރުގެ ރޯދަ މަހަށް މި ހޮޓާވެސް ވަނީ ތައްޔާރުވެފަ އެވެ. މި ރޯދަ މެނޫގައި ވެސް ގިނަ ބާވަތްތަކެއް ހިމަނާފައިވެ އެވެ.

"ޗަމްޕާ ސެންޓްރަލް ހޮޓަލުން" ނެރެފައިވާ ރޯދަ މެނޫގައި ބާވަތްތައް ގިނަވެފަައި މުއްސަންޖެވެ. މި މެނޫ ނަގާ މީހަކަށް ބޮލަކަށް ނަގަނީ 225ރ. އެވެ. އަދި މި މެނޫގައި ތަރާވީސް ދަމަށް ވެސް ހާއްސަ އަގެއް ހަމަޖައްސާފައިވެ އެވެ. އެއީ ބޮލަކަށް 110ރ. އެވެ.

ދެން އޮތީ ޗަމްޕާ ސެންޓްރަލް ހޮޓަލުގެ މެނޫގައިހުރި ބާވަތްތަކުގެ ވާހަކަ އެވެ؛ މި މެނޫގައި ކަރާ ފަންޏާއި މިކްސް ފުރުޓުން ފެށިގެން، ތަފާތު ސެލެޑުތައް ވެސް ހިމެނެއެވެ. މީގެތެރޭގައި ކިއުކަންބާ އާއި ތާޒާ މިންޓު އެއްކޮށްގެން އުފައްދާފައިވާ މީރު ސެލެޑުތަކާއި ބަށި މަސްހުނިން ފެށިގެން ހިކި މަސް ހުނިވެސް ހިމެމެ އެވެ. ގިނަ ބަޔަކު ރޯދަ ވީއްލުމުގައި ބޭނުންކުރާ ފެންފޮޅީގެ އިތުރުން ބަޖިޔާ އާއި ބިސްގަނޑު އަދި މަސް ރިހަ އާއި ތަންދޫރި ޗިކަން އަދި ބީފް ރިހަވެސް ހިމެނެ އެވެ. މީގެ އިތުރުން ފޮނި އެއްޗަކަށް ޗޮކްލެޓް މޫސް އާއި ތާޒާ މޭވާވެސް ލިބެން ހުރެ އެވެ.

ކޮންމެއަކަސް "ޗަމްޕާ ސެންޓްރަލް" އަށް ރޯދާ ވީއްލަން ދާ މީހަަށް ޓެރަސް ޓެރަސް އާއި އެއާކޯން ބައިވެސް ރޯދަ ވީއްލުމުގައި އިހުތިޔާރު ކުރެވިދާނެ އެވެ.