ރޯދަ މަހާ ރޯއްޖާ

ރޯސްޓެޑް ޗިކަން ޑޮންބުރި: ރޯދަވީއްލަން ސަޅިވާނެ

ރޯދަ ވީއްލަން ކޮންމެ ދުވަހަކު ހެދިކާ ކަހަލަ އެއްޗެއް ހެދުމުގެ ބަދަލުގައި މިއަދު ތަންކޮޅެއް ތަފާތު އެއްޗެއް ހަދާލުން ކިިހިނެއް ވާނެ ހެއްޔެވެ؟ އެގޮތުން "ޗިކަން ރޯސްޓެޑް ޑޮންބުރި" އަކީ ހަމަގައިމުވެސް ރޯންގް ޗޮއިސް އަކަށް ނުވާނެއެވެ. އެގޮތުން "ރިހަފަތު" ގައި މިއަދު މި ގެނެސްދެނީ ސިކަން ރޯސްޓެޑް ޑޮންބުރި ތައްޔާރު ކުރާނެ ގޮތެވެ. މިއީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 230ގ ޖަޕަނީޒް ރައިސް
  • ކުކުޅު (ފައި)
  • ތަރުކާރީ (ފެނު ކައްކާފައި) ( ކެރެޓު، ބޮރޮކޮލީ، ކެބެޖް)
  • ލޮނު
  • އަސޭމިރުސް
  • ސޯޔާ ސޯސް
  • ލޮނުމެދު އަދި އިނގުރު (ޕޭސްޓް)
  • އެންކާ ބަޓަރު
  • މެގީ އޮއިސްޓާ ސޯސް
  • މަސްޓާޑް ސޯސް
  • ސަފޯލާ ގޯލްޑް
  • މެގީ ޗިކަން ސްޓޮކް
  • ހަކުުރު
  • އޮރެންޖް (ފޮތިކޮށްފައި)

ތައްޔާރު ކުރާނެ ގޮތް

ރޯސްޓެޑް ޗިކަން ދޮންބުރި ތައްޔާރު ކުރަން އެންމެ ފުރަތަމަ ކުކުޅު ކޮށާލާށެވެ. ދެން ކުކުޅު ކޮޅުގެ ތެރެއަށް އިނގުރާއި ލޮނުމެދު ޕޭސްޓް، އަސޭމިރުސް، ލޮނު، މަސްޓަޑް ސޯސް، ސަފޯލާ ގޯލްޑް، ޗިކަން ސްޓޮކް އަދި އޮއިސްޓާ ސޯސް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. ކުކުޅު ކޮޅުގައި ވަކިވަކިން މި ޕޭސްޓްގަނޑު މިކްސް ކޮށްލުން ރަނގަޅެވެ.

އެއަށްފަހު ބަޓަރު ކޮޅު ވިރުވާލުމަށްފަހު އޭގެ ތެރެއަށް އިނގުރާއި ލޮނުމެދު ޕޭސްޓް އަޅާ ރަނގަޅަށް ހާކާލާށެވެ. ދެން އޭގެ ތެރެއަށް ސޯޔާ ސޯހާއި ފޮތިކޮށްފައި ހުރި އޮރެންޖް ފޮތިތައް އަޅާލުމަށްފަހު އޭގެ ތެރެއަށް ހަކުރާއި، އަސޭމިރުހާއި، ބަޓަރު އަޅާފައި ބަޓަރުކޮޅު މެލްޓް ވަންދެން އުނދުން މަތީ ބަހައްޓާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކުކުޅު ފައި ލުމަށްފަހު ރޯ ފިލަންދެން ކައްކާލާށެވެ.

އަނެއްކާވެސް ބަޓަރު ކޮޅެއް މެލްޓުކޮށްލުމަށްފަހު އިނގުުރު ޕޭސްޓުކޮޅު އަޅާލާފައި ރަނގަޅަށް ހާކާލާފައި އޭގެތެރެއަށް ކައްކާފައި ހުރި ތަރުކާރީކޮޅު އަޅާލާށެވެ. ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއްވެސް އަޅާލަން ވާނެ އެވެ. ކުޑަކޮށް ކައްކާލުމުން ތަރުކާރީކޮޅު ތައްޔާރުކޮށްލެވުނީ އެވެ. ބަތާއެކު ބޭނުންކޮށްލެވޭ ވަރަށް ކުކުޅު ކޮޅާއި ތަރުކާރީކޮޅު ތައްޔާރުކޮށްލެވުނީ އެވެ.