ކުޅިވަރު

ބުފޯންއަށް ދެން އޮތީ އެންމެ ފުރުސަތެއް!

Jun 5, 2017

ޔުވެންޓަސްގެ ކެޕްޓަން، އަދި ގޯލްކީޕަރު، ޖިއާންލުއީޖީ ބުފޯން އަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރަން ދެންއޮތީ އެންމެ ފުރުސަތެއް ކަމަށް، އޭނާ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު، ވޭލްސްގެ ކާޑިފްގައި ކުޅުނު ޗެމްޕިއަންސް ލިގް ފައިނަލުގައި، ޔުވެންޓަސް، ރެއާލް މެޑްރިޑް އަތުން ބަލިވީ 4-1 ން ނެވެ. މިއީ ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ބުފޯން ކުރިމަތިވި ތިން ވަނަ ނާކާމިޔާބެވެ. މިގެ ކުރިން، ޗެމްޕިއަންސް ލީގް ފައިނަލުގައި ބުފޯން ގޯލްގައި ހުރެ، ޔުވެންޓަސް ވަނީ އޭސީ މިލާން އާއި ބާސެލޯނާ އަތުން 2003 އަދި 2015 ވަނަ އަހަރު ނާކާމިޔާބު ވެފަ އެވެ.

ކެޕްޓަނެއްގެ ހައިސިއްޔަތުން، ޔުވެންޓަސްގެ ސަޕޯޓަރުންނަށް، ބުފޯންއަށް ނުދެވި އޮތް އެންމެ ބޮޑު ހަދިޔާ އަކީވެސް ޗެމްޕިއަންސް ލީގެވެ.

"[ފައިނަލުގެ ނަތީޖާއިން] ދައްކައި ދޭ ކަހަލަ އަހަރެމެންނަށް ރަނގަޅަށް ތައްޔާރު ނުވެވޭކަން، އަދި ފުރަތަމަ ވެސް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެއްޔާ އަހަރެމެން، ވެއްޓޭކަން، ހަގީގަތުގައި އެހެނެއް ނޫން، އެކަމު ދައްކައިދޭ ހަގިގަތަކީ މިއީ،" ފައިނަލު މެޗުގެ އިހްސާސްތައް ހިއްސާ ކުރަމުން ބުފޯން ބުންޏެވެ.

"ކެޕްޓަނެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ދެރަވި ކަމަކީ ބަލިވިކަން، ނަމަވެސް އެންމެ ބޮޑު ހިތްދަތި ކަމަކީ ކާމިޔާބު ހޯދައި ސަޕޯޓަރުންނަށް އެކަން ހާއްސަ ކުރަން ބޭނުން ވިޔަސް، އެކަން ހާސިލު ނުވުން، ސަޕޯޓަރުން ވަނީ އަހަރެމެން އެ ކާމިޔާބު ހޯދުމަށްޓަކައި އަހަރެމެންނަށް ވަރަށް ގިނަ އެއްޗިހި ހަދިޔާ ކޮށްފަ."

އޭނާ ބުނީ ފައިނަލު މެޗުގައި، ޔުވެންޓަސް ބޭނުންވާ ގޮތަށް ކުޅެވުނީ 30 މިނެޓް ކަމަށާއި ބާކީބައިގައި އެގޮތަށް ނުކުޅެވުމަކީ ފުރިހަމަ ނުވެ ހުރި ކަމެއް ނުވެ ހުރުމުގެ ހެއްކެއް ކަމަށެވެ.

"ދެރަ ވާންޖެހޭ ސަބަބެއް ނެތް، އެޓީމު [ރެއާލް] ދައްކައިދިނީ އެމީހުން އަހަރެމެންނަށް ވުރެ މޮޅުކަން، އެމީހުންނަށް މޮޅުވުން ހައްގު، ނަމަވެސް އަހަރެމެންނަށް ރަނގަޅަށް ކޮންމެވެސް ކަމެއް ކުރެވުނީސް،" ބުފޯން ބުންޏެވެ.

އޭނާ ޔުވެންޓަސްއާ އެކު އޭނާ ހަދާފައިވާ، ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ.

"އަހަރެން ވިސްނާ ގޮތުގައި، އަހަންނަށް ދެން އޮތީ އެންމެ ފުރުސަތެއް، އަހަރެންގެ ކޮންޓްރެކްޓްގައިވެސް އަދި އެއް އަހަރު އެބައޮތް، އަހަރެމެން އޮތީ ޗެމްޕިއަންސް ލީގްގައި އަހަރެމެން ޗެލެންޖު ކުރާނަން އަންނަ އަހަރު މުބާރާތް ކަމިޔާބު ކުރަން." އަންނަ އަހަރު 40 އަހަރު ފުރޭ ކީޕަރު ބުންޏެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ފަހު، އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ އިޝާރާތެއް، މީގެ ކުރިން ބުފޯން ދިނެވެ. ނަމަވެސް، އަދި މިހަތަނަށް އެކަން ރަސްމީކޮށް އޭނާގެ ފަރާތުން އިއުލާން ކޮށްފަ އެއް ނުވެ އެވެ.