ބޭރު ކުޅިވަރު

ނިއުކާސަލްގެ ކުރީގެ މިޑްފީލްޑަރު ޓިއޯޓޭ ކުއްލި ގޮތަކަށް މަރުވެއްޖެ

Jun 5, 2017

ނިއުކާސަލް ޔުނައިޓެޑަށް ކުރިން ކުޅުނު އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޗެކް ޓިއޯޓޭ ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެ އެވެ.

ޗައިނާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބެއިޖިން އެންޓަޕްރައިސަސް އަށް ކުޅެމުންދޔަ ޓިއޯޓޭ ،30، މަރުވީ އެ ކްލަބުގެ ފަރިތަކުރުންތަކުގައި ދަނޑު މައްޗަށް ކުއްލިއަކަށް ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ޓިއޯޓޭ ދަނޑުމައްޗަށް ވެއްޓުނު ސަބަބެއް އަދި މުޅިން ކަށަވަރެއްނުވެ އެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޓިއޯޓޭ ވަނީ ނިއުކާސަލްގައި ހޭދަކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ކްލަބަށް 138 މެޗު ކުޅެފަ އެވެ.

ޗައިނާގެ ބެއިޖިން އެންޓަޕްރައިސަސް އަށް ޓިއޯޓޭ ބަދަލުވީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޓިއޯޓޭ ވަނީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އައިވަރީ ކޯސްޓްގެ ޓީމާއެކު ކާމިޔާބުކޮށްފަ އެވެ.

ބެލްޖިއަމްގެ އަންޑަލެކްޓާއެކު 2005 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި ޓިއޯޓޭ ވަނީ ނެދަލޭންޑްސްގެ އެފްސީ ޓްވެންޓޭ އަށް ވެސް ކުޅެފަ އެވެ.