ލައިފްސްޓައިލް

އުނޫޝާގެ އިސްތަށިގަނޑަށް މިހެދީ ކިހިނެއް؟

މޯލްޑިވިއަން އައިޑޮލްގެ ޝޯތައް ދެއްކިއިރު ޝޯގެ ބައިވެރިންނާ ލަވަތަކަށް ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓުވިޓާގައި ފާޑުކިއުން އޮތެެވެ. އެވާހަކަ ތަކާއި އެއްވަރަށް އޭރު ދައްކަމުން ދިޔަ އިތުރު ވާހަކައެއް އޮތެވެ. މޯލްޑިވިއަން އައިޑޮލްގެ ޖަޖު އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ހެދުން އެޅުމުގެ ސްޓައިލް އާއި ހެއާ ސްޓައިލްގެ ވާހަކަ އެވެ. ތައުރީފާއި ފާޑު ކިއުމެވެ.

އެހެން ނަމަވެސް އުނޫޝާގެ ހެއާ ސްޓައިލްތައް އެންމެނަށްވެސް ވަރަށް ބޮޑަށް ކަމުދިޔަ އެވެ. އެންމެ ފުރަތަމަ އުނޫޝާ މަޝްހޫރުވެގެން އައި އިރު އޭނާގެ އިސްތަށިގަނޑު ދިގުވެފައި ވަރަށް ބުޅި އެވެ. ނަމަވެސް ފަހަކަށް އައިސް އިސްތަށިގަނޑު ފެންނަނީ އެހާ ދިގުކޮށްނެއް ނޫނެވެ. އެހާ ކުރުކޮށެއްވެސް ނޫނެވެ.

އައިޑޮލްގެ ދަތުުރގައި އުނޫޝާގެ ހެއާ ސްޓައިލްތައް ހުރީ ވަރަށް ތަފާތުކޮށެވެ. އެއް ދުވަހު ބޯ ބުޅިކޮށްލަފާނެ އެވެ. ނޫނީ ވޭވީ ކޮށްލާފަ އެވެ. އަނެއް ދުވަހު ފަން ކޮށްލާފަ އެވެ. އަނެއް ރޭ ބޯ ޑައިކޮށްލާފައި ބްލޮންޑް ކޮށްލާފަ އެވެ. ނޫނީ ކޮންމެވެސް ކުލައެއް ޖައްސާފަ އެވެ. ނޫކުލަ، ފެހި ކުލަ، މެރޫން ކުލަ އަދި މުށި ކުލަވެސް ޖައްސާލި އެވެ.

އެއިން ކޮންމެ ކުލައެއްވެސް އުނޫޝާ އާ ގުޅެ އެވެ. އިސްތަށުގަނޑުގެ ކުލަ ގުޅުވާލާފައި ހުރީ ހެދުމާ ގުޅޭގޮތަށެވެ. ބޯ ސްޓައިލް ކޮށްލާފައި އޮންނަ ގޮތުން ނިކަން ރީއްޗެވެ.

އައިޑޮލްގެ ޝޯތަކުގެ އިތުރު ލަވަތަކާއި ޝޯތަކުން އުނޫޝާ ފެންނައިރު އިސްތަށިގަނޑު އޮންނަނީ ތަފާތު ގޮތް ގޮތަށް ސްޓައިލް ކޮށްފަ އެވެ. އެކި އެކި ކުލަ ޖައްސާފައި އެވެ.

އަނެއްކާވެސް އުނޫޝާ މިވަނީ އާ ސްޓައިލަކަށް އޭނާގެ ބޯ ކޮށާލާފަ އެވެ. އެ ސްޓައިލަށް އުނޫޝާ އޭނާގެ ދިގު އިސްތަށިގަނޑު އެއްކޮށް ކުރުކޮށްލާފަ އެވެ. އެއް ފަރާތުން ވަރަށް ބޮޑަށް ތުނިކޮށްލާފައި ވާއިރު އަނެއް ފަރާތަށް އިސްތަށިކޮޅެއް ވަނީ ވައްޓާލާފަ އެވެ.

މި ހެއާ ސްޓައިލް އިހްތިޔާރުކުރީ ފަހަރުގައި ކުރިއަށް އޮތް އޭނާގެ ބޮޑު ޕްރޮޖެކްޓަށް ތައްޔާރުވުމަށް ކަމަށްވެސް ވެދާނެ އެވެ. އުނޫޝާ ވަނީ މުޅި ރާއްޖޭއަށް ޝޯ ދޭން ޓުއާއެއް ދޭން ވަނީ ނިންމާފަ އެވެ. ފަހަރުގައި މިއީ އެ ޝޯތަކަށް ތައްޔާރުވުމުގެ ބައެއް ކަމަށްވެސް ވެދާނެ އެވެ.

މި ހެއާ ސްޓައިލް ވަރަށް ތަފާތެވެ. މި ސްޓައިލް އުނޫޝާ އާ ގުޅޭތޯ ނުވަތަ ނޫން ތޯ ނިންމާނީ ފޭނުންނެވެ. ކޮމެންޓް ކުރަމުން ގެންދާށެވެ.