ކުޅިވަރު

ޔުވެންޓަސްގެ އެއްބަސްވުން އެލެގްރީ އާ ކުރަނީ

Jun 6, 2017

ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ، އެޓީމުގެ އެއްބަސްވުން އާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެލެގްރީ ވަނީ، މި ސޒަންގައި، ތިން މުބާރާތް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގް ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލި ވުމުން، އެ ފުރުސަތު އޭނާ އަށް ގެއްލުނެވެ. ނަމަވެސް، އޭނާ ވަނީ، މިދިޔަ ދެ ސިޒަންގައިވެސް، އިޓަލީގެ ދެ މުބާރާތް ޔުވެންޓަސް އަށް ކާމިޔާބު ކޮށްދީފަ އެވެ.

ޔުވެންޓަސްއާއެކު، އަލެގްރީ މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ އެންމެ ސީޒަނެކެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ފްރާންސްގެ ޕިއެސްޖީން، އަލެގްރީ ގެނައުމަށް، ޔުވެންޓަސް އަށް ހުށެހެޅިއެވެ. ޕީއެސްޖީގެ ކޯޗަކަށް މިހާރު، ހުރީ ސްޕެއިންގެ އުނައި އެމްރީ އެވެ.

ނަމަވެސް، ސްކައި ސްޕޓްސް އިޓަލީން ބުނެފައި ވަނީ، ޔުވެންޓަސްގެ އާ އެއްބަސްވުމަށް އެލެގްރީ އެއްބަސް ވެފައިވާ ކަމަށެވެ.

އޭނާ އާ އެއްބަސްވުމުގައި، ސޮއި ކުރާނީ 2019 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑު ކުރާ ގޮތަށެވެ. އެލެގްރީ49 ކުރިން ބުނެފައި ވަނީ، އޭނާ ކޯޗްކޮށްދޭނީ އުމުރުން 55 އަހަރު ވަންދެން ކަމަށެވެ.