ރޯދަ މަހާ ރޯއްޖާ

ޖަޕަނީޒް ސްޓައިލްގެ ނޫޑުލްސްއެއް ހަދާލާނީ މިގޮތަށް!

Jun 6, 2017

އާ ކެއުންތަކާއި ތަފާތު ޑިޝްތައް ހަދާނެ ގޮތް ދަސްކޮށްލާ، ޓެސްޓުކޮށްލަން ބޭނުންވާނީ ކިހާ ވަރަކަށް ހެއްޔެވެ؟ "ރިހަފަތް" ގައި މިއަދު މި ގެނެސްދެނީ ޖަޕަނީޒް ސްޓައިލަށް ނޫޑުލްސް ތައްޔާރުކޮށްލާނެ ގޮތެވެ. މި ޑިޝްއަށް ކިޔަނީ ޓެމްޕޫރާ ޕްރޯންސް ނޫޑުލްސް އެވެ. މިއީ މިހާރު ވެސް އޮއިޝީގެ މެނޫގައި ހިމެނޭ، އަދި އެތަށް ދިވެހިންނަކަށް ވަރަށް ކަމުދާ ޑިޝްއަކަށް ވަނީ ވެފަ އެވެ. އެހެންކަމުން ޓެމްޕޫރާ ޕްރޯން ނޫޑުލްސް ތައްޔާރުކޮށްލާނެ ގޮތް ދަސްކޮށްލާށެވެ.

ބޭނުންވާ ތަކެތި

300 ގްރާމް ކައްކާފައި ހުރި ރާމެން ނޫޑުލްސް (އެހެން ނޫޑުލްސްއެއް ވެސް ބޭނުން ކުރެވިދާނެ)
8 ޝްރިމްޕް
1 ޖޯޑު ޓެމްޕޫރާ ފްލާ
ޕެސްޓުރައިޒް އެގް
2/3 ޖޯޑު ފިނި ފެން
1/8 ސައިސަމްސާ ބޭކިން ޕައުޑާ
8 ފިޝް ސްޓޮކް
1/3 ޖޯޑު ސޯޔާ ސޯސް
2 ޕެކެޓު ބޮނީޓޯ ފްލޭކްސް
1 ޓޭބަލް ސްޕޫން ޑަޝިނަމޮޓޯ ސޯލްޓް
ކެބެޖް
ކެރެޓް
ކެޕްސިކަމް
މަޝްރޫމް
ލީކްސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ބޭނުންވާ ވަރަށް ޝްރިމްޕްތަކުގައި ޅިއަ އަޅާލާފައި އޭގެ މައްޗައް ކުޑަ ލޮނުކޮޅަކާއި އެއް ޓޭބަލް ސްޕޫންގެ ޑަޝިނަމޮޓޯ ކޮޅެއް އަޅާލާނީ އެވެ. އަދި އޭގެ މައްޗައް ސަފޯލާަ ގޯލްޑް ތެޔޮ އަޅާ ރަނގަޅަށް އެއް ކޮށްލާނީ އެވެ. ދެން ވަކި ތައްޓަކަށް ޓެމްޕޫރާ ފްލާ އަޅާލުމަށް ފަހު އެއަށް ޕެސްޓުރައިޒް އެގް އަޅާލާނީ އެވެ. އަދި ފިނި ފެންފޮދެއް އަޅާ ރަނގަޅަށް ގިރާލާނީ އެވެ.

ޝްރިމްޕުތައް ތެޔޮ ތާހަށް އަޅާލުމުގެ ކުރިން ޓެމްޕޫރާ ފުށް އެއްޗަށާއި ބިސް އަޅާގެން ހަދާފައި ހުރި ފުށް އެއްޗައް ގަންބާލުމަށް ފަހު ދެން ތަވައަށް ލާށެވެ. ދެން ރަން ރަތް ކުލައެއް އަރަންދެއް ތެލުލަށެވެ.

ނޫޑުލްސް ތައްޔާރުކޮށްލުމަށް ތަވައަކަށް އިނގުރައި ފިޔާ އަޅާ މީރުކޮށްލާށެވެ. އަދި އޭގެ ތެރެއަށް ކެރެޓާއި ކެޕްސިކަމް އަދި ކެބެޖު އަޅާ ރަނގަޅަށް ހަލުވާލާށެވެ. އެއަށް ފަހު އެއް ސައި ސަމްސާއެއްގެ ލޮނު ކޮޅަކާއި އެއް ޓެބަލް ސްޕޫންގެ މިރުސް އަޅާށެވެ. އެތަކެތި އެއްކޮށްލުމަށް ފަހު އޭގެ މައްޗައް ކައްކާފައި ހުރި ރާމެން ނޫޑުލްސް އަޅާލާށެވެ. އަދި އޭގެ މައްޗައް ލީކްސް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. ދެން އަޅާނީ ފިޗް ސޯސް އެވެ.

އެއަށް ފަހު ކާ ތައްޓަށް ނޫޑުލްސް އަޅާލުމަށް ފަހު ޝްރިމްޕްތައް އަތުރާލާށެވެ. ޓެމްޕޫރާ ޕްރޯން ނޫޑުލްސް ތައްޔާރު ކޮށްލެވުނީ އެވެ.