ކުޅިވަރު

ބަލިވިޔަސް ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފާހަގަވި

Jun 7, 2017

އެކުވެރިކަމުގެ މެޗުގައި، އަފުގާނިސްތާން އަތުން ރާއްޖެ ބަލިވިޔަސް، ދިވެހި ޓީމުގެ ފަރާތުން، ޕޮސެޓިވް ގިނަ ކަންތައްތަކެއް ފެނުނު ކަމަށް ގައުމީ ޓީމުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް ބުނެފި އެވެ.

ރޭ، އަފުގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 ން ނެވެ. ރާއްޖެއިން ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އަލީ ފާސިރު (ސެންޓޭ) އެވެ.

ސްޓްވާޓް ބުނީ، މެޗުގައި، ކުޅުންތެރިންގެ ފަރާތުން ރަނަގޅު ގަިނަކަންކަމެއް ފާހގަ ކުރެވުނު ކަމަށާއި ބޮޑެތި އަދި ތައިލެންޑްގައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕުން، ޓީމަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެއިން ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު، އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ ދުބާއީއަށް ފުރުމުގެ ކުރިން، ސްޓާވާޓް ބުނެފައި ވަނީ، އޭނާގެ އަމާޒަކީ ބުޓާނާ ދެކޮޅަށް ތާފަތު ބޮޑު ކުރުން ކަމަށެވެ. ބޫޓާނާ ދެކޮޅަށް 2015 ވަނަ އަހަރު ކުޅުނު މެޗުގައި، އެ ޓީމު ބަލިވީ 4-3 ން ނެވެ.

"ކުރި ފަހަރު ބޫޓާނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައި އަލީ އަޝްފާގް ތިން ލަނޑު ޖަހައި ހެޓްރިކް ހެދި، އަހަރެންގެ އުންމީދަކީ، މިފަހަރުވެސް، ބޫޓާނާ ދެކޮޅަށް ހެޓްރިކް ހަދާނެ ކުޅުންތެރިޔަކު މި ޓީމުގައި ހުންނާނެ ކަމަށް." މާލެއިން ފުރުމުގެ ކުރިން ސްޓްވާޓް ބުންޏެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި، ރާއްޖެއިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު، އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން އަފުގާނިސްތަން އަތުން ބަލިވީ 4-1 ން ނެވެ.