ރިހަފަތް

ކިހިނެއްވާނެ، ތަރާވީހަށް ޑާކް ޗޮކޮލެޓް އެވަކާޑޯ ޓްރަފުލްސް!

Jun 7, 2017

ތަރާވީހަށް ތަފާތު ރަހަތަކުގެ ކޭކާ ޕުޑިންއާ އެފަދަ އެތަށް ޑެޒާޓެއް ގޭގޭގައި ތައްޔާރުކޮށްލާފައި ހުރެ އެވެ. ނަމަވެސް މިއަދަށް ތަފާތު ޑެޒާޓެއް ހަދާލަން ކިހިނެތް ވާނެ ހެއްޔެވެ؟ "ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ ޑާކް ޗޮކޮލެޓް އެވަކާޑޯ ޓްރަފުލްސް ހަދާލާނެ ގޮތެވެ. މި ޑެޒާޓް ހަދާލާއިރު އެ މީހަކު ބޭނުން ޓޮޕިންއެއް ބޭނުން ކުރެވިދާނެ އެވެ.

ބޭނުންވާ ތަކެތި

6 އައުންސު ޑާކް ޗޮކޮލެޓް
1/3 ޖޯޑު މޭޝްޑް އެވަކާޑޯ (ކުޑަ އެވަކާޑޯއެއް)
1/2 ސައިސަމްސާ ވެނީލާ އެސެންސް
2 ޓޭބަލް ސްޕޫން ކޮކޯ ޕައުޑާ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޗޮކޮލެޓް ހަދާލަން ތަވައަކަށް ޑާކް ޗޮކްލެޓް އަޅާލާފައި ހޫނު ކުރާނީ އެވެ. ޗޮކޮލެޓް ދިޔާވުމުން އޭގެ ތެރެއަށް މޭޝްޑް އެވަކާޓޯ އަޅާ އެއްކޮށްލާނީ އެވެ. އޭރުން އެ ޗޮކްލެޓް ހަރުވެލާނެ އެވެ. ދެން އޭތި ވަށްކޮށް ގުޅަ ޖަހާނީ އެވެ.

ޑާކް ޗޮކްލެޓް އެވަކާޑޯއަށް އެ މީހަކު ބޭނުން ފްލޭވާއެއްގެ ޓޮޕިންގް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން މި ރެސިޕީގައި ބޭނުންކޮށްފައި ވަނީ ކޮކޯ ޕައުޑާއާއި ސިސާމޭއާ ޗޮކްލެޓް ގާނިޝްއެވެ. ދެން އެއިން ކޮންމެ އެއްޗަކަށް ޗޮކްލެޓް ބޮލްއެއްލާ ލާ އެއްކޮށްލާނީ އެވެ. މުޅި ޑިޝް ނިންމާލާކަށް 15 މިނެޓުވެސް ނުވާނެ އެވެ.