ރޯދަ މަހާ ރޯއްޖާ

ސިޓީ ގާޑަން: މެނޫގައި ބާވަތް ވަރަށް ގިނަ!

Jun 11, 2017

ސިޓީ ގާޑަން އަށް ރޯދަ ވީއްލަން ދާންވީ އެންމެ ހިތް ފަސޭހަ ތަނުގައި ހުންނަ ރެސްޓޯރެންޓަށް ވާތީ އެވެ. މިތަނުގެ ރޯދަ މެނޫ ވެސް ހަފުތާގެ ހުރިހާ ދުވަހަށްވެސް ބަހާލާފައިވެ އެވެ.

ސިޓީ ގާޑަން ރޯދަ މެނޫގައި "ސްޓާޓާ" އާއި "ސެލެޑް" އަދި "މެއިން ޑިޝް" އަދި "ބެވަރޭޖް" ބައި ވަރަށް ހާއްސަ އެވެ. މިބައިތަކުގައި ހުރި އެއްޗިއްސަށް ބަލާއިރު އަދަދު ވަރަށް ގިނަ އެވެ . ފަހަރުގައި މިތަކެތި ނުކެވުކަކީ އެށީގެންވާ ކަމެކެވެ. އެކަމަކު އޮތް ޔަގީން ކަމަކީ މިތަނުން ލިބޭ އެއްޗިހީގެ ރަހަައަށް ބަދަލެއް ނައުމެވެ.

މި ރެސްޓޯރެންޓް މެނޫގައި ހުރި ހާއްސަ ބާވަތްތަކުގެ ތެރޭގައި ހަ ވައްތަރެއްގެ ސެލެޓު ހިމެނެ އެވެ. މި ބަޔަކަށް އެކަނި ބަލާލާނަމަ ތައި ޕަޕާޔާ ސެލެޑާއި މަސްހުރި އަދި ކުއްޅަފިލާފަތުގެ އިތުރުން ކޮޕީފަތުގެ މަސް ހުންޏާއި މަސް ކުރޮޅި ހިމެނެ އެވެ.

މީގެ އިތުރުން މި ރެސްޓޯރެންޓު މެނޫގެ އެހެން ބައި ތަކަށް ބަލާއިރު މެއިން ޑިޝް ބައިގައި ސްޕެނިޝް ރައިސް އާއި ޕާސްތާ އަދި ރޯސްޓް ބީފް ވިތު ބާބެކިއު ސޯސްގެ އިތުރުން ކިރު ގަރުދިޔަ ފަދަ ގިނަ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ފޮނި އެއްޗިހީގެ ބައިގައި އެސޯޓެޑް ފްރެޝް ފުރުޓާއި ޗޮކްލެޓް މޫސް ވެސް ހިމެނެ އެވެ. މި މެނޫގެ އަގުތައް އުޅެނީ ހުކުރު ދުވަސްނޫން އެހެން ދުވަސްތަކުގައި 230ރ. އަށެވެ. އަދި ހުކުރު ދުވަހު އުޅެނީ 260ރ. އަށެވެ.