ބޭރު ކުޅިވަރު

އިންޓަގެ ކޯޗަކަށް ސްޕަލެއްޓީ ހަމަޖައްސައިފި

Jun 9, 2017

އިންޓަ މިލާންގެ ކޯޗަކަށް ލޫސިއާނޯ ސްޕަލެއްޓީ ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަންގައި ރޯމާ އަށް އިޓާލިއަން ލީގުގެ ދެވަނަ މަގާމު ހޯދައިދިން ކޯޗު ސްޕަލެއްޓީ 58، އިންޓާގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިންޓަ އިން މިދިޔަ ސީޒަން ނިންމާލީ އިޓާލިއަން ލީގުގެ ހަތްް ވަނައިގަ އެވެ. އިންޓަ އިން ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ ޓީމުގެ ކޯޗުކަމުން ސްޓެފާނޯ ޕިއޯލޯ މަގާމުން ވަކިކޮށްފަ އެވެ.

އިންޓާގެ މައި ހިއްސާދާރު ކަމަށްވާ ޗައިނާގެ ސުނިންގް ގްރޫޕުން ސްޕަލެއްޓީއާ ކޯޗުކަން ހަވާލުކުރީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އަމާޒު ހިފައިގެންނެވެ.

އިޓަލީގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ ސްޕަލެއްޓީ ވަނީ ރޯމާގެ އިތުރުން އުދިނޭޒީ އާއި ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް އަށް ކޯޗުކޮށްދީފަ އެވެ.