ހަބަރު

ހުޅުމާލޭގައި ފްލެޓު އަޅަން އިތުރު ކުންފުންޏަކަށް

Jun 10, 2017

ހުޅުމާލޭގައި ރެސިޑެންސް އެޕާޓްމަންޓެއް އަޅަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޗްޑީސިން ބުނި ގޮތުގައި 2500 އަކަފޫޓުގެ އޭރިއާއެއްގައި ރެޒިޑެންޝަލް ފްލެޓު ހަވާލުކޮށްފައިވަނީ "ކީސްޓޯން އިންޓަނޭޝަނަލްއާ ކަމަށެވެ. މި އެ އެއްބަސްވުމުގައިއެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ލީގަލް އެފެއާޒް ޑރ. ފާތިމަތު ޝިއުނީ އެވެ. އަދި ކީސްޓޯންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އުސައިދު ހަލީލު އެވެ.

އެ ކުންފުނިން ބުނީ ނޭބާހުޑް އެކެއްގެ ރޯހައުސްތައް ކައިރިން އަޅާ މިތަނަކީ އަށް ބުރީގެ ފްލެޓު އިމާރާތްތެއް ކަމަށެވެ.

އެޗްޑީސީން ވަނީ ރެޒިޑެންޝަލް ފްލެޓު ތަރައްގީ ކުރަން މިހާތަނަށް ހަތް ކުންފުންޏަކާ ބިން ހަވާލުކޮށްފައިވެ އެވެ. އެ ކުންފުނިންތަކުގެ ތެރޭގައި އިނޯކާ އާއި އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓް މޯލްޑިވްސް އަދި ޖަވާހިރު އިލަވަންގެ އިތުރުން ގެލިއޮން ކުންފުނި ހިމެނެ އެވެ.