ރޯދަ މަހާ ރޯއްޖާ

ޒުކިނީ ބްރެޑް ހަދާ ގޮތް ދަސްކޮށްލާ!

Jun 10, 2017
0%
0%
0%

"ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ ޒުކިނީ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރަހަ މީރު ފޮނި އެއްޗެއް ތައްޔާރުކޮށްލާނެ ގޮތެވެ. އެގޮތުން މިއަދު ދައްކާލަ ދޭނީ ޒުކިނީ ބްރެޑް ތައްޔާރުކޮށްލާނެ ގޮތެވެ. ތަރާވީހަށް ހަދާ ފޮނި އެއްޗެހިތަކު ތެރޭގައި މިއަދު މި ގެނެސްދޭ ޒުކިނީ ބްރެޑް ހިމަނާލުން ވަރަށް ރަނގަޅު ވާނެ އެވެ.

ބޭނުންވާ ތަކެތި

150 ގްރާމް ޕެސްޓުރައިޒް އެގް
110 ގްރާމް ވޯލްނަޓް
6 ގްރާމް ސިނަމަން
8 ގްރާމް ލޮނު
237 ގްރާމް ސަފޯލާ ގޯލްޑް
140 ގްރާމް ހިކި މޭބިސް ކަދުރު
280 ގްރާމް ބްރައުން ޝުގާ
4 ގްރާމް ބޭކިން ޕައުޑާ
6 ގްރާމް ބޭކިން ސޮޑާ
280 ގްރާމް ޒުކިނީ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތައްޓަކަށް ފުށާއި 6 ގްރާމް ސިނަމަން ޕައުޑަރާއި 280 ގްރާމް ބްރައުން ޝުގާ އަދި 4 ގްރާމް ބޭކިން ޕައުޑާ އަޅާށެވެ. އޭގެ ތެރެއަށް 6 ގްރާމް ބޭކިން ސޮޑާއާ ކުޑަ ލޮނުކޮޅަކާއި އެއް ޖޯޑު ހަކުރު އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާނީ އެވެ. ދެން އޭގެ ތެރެއަށް 150 ގްރާމް ޕެސްޓުރައިޒް އެގް އަޅާލުމަށް ފަހު އެ ފުށްގަނޑާ އެކު އަނެއްކާ ވެސް އެއްކޮށްލާނީ އެވެ. ދެން އޭގެ ތެރެއަށް އަޅާނީ ހިކި މޭބިސްކަދުރާއި ޕީނާޓެވެ. އަނެއްކާވެސް އެއްކޮށްލުމަށް ފަހު ކޮށާފައި ހުރި ޒުކިނީ އަޅާލާށެވެ. އަދި ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ޓްރޭއަށް އެ އަޅާލުމަށް ފަހު 20 މިނެޓު ވަންދެއް 180 ޑިގްރީގައި ފިހެލާށެވެ. ދެން ޓްރޭއިން ނެގުމަށް ފަހު ފޮތިފޮއްޗައް ކޮށާލާ ތަށީގައި އަތުރާލާށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345