ކުޅިވަރު

ތިނަދޫގެ އަގުބޮޑު ފުޓްސަލް މުބަރާތުގެ ފޯރި ގަދަކޮށްލައިފި

Jun 10, 2017
1

ގދ. ތިނަދޫ މިހާރު ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް 'ޑައެވޫ ކިންގް ފުޓްސަލް' މުބާރާތުގެ ފޯރި، ތިނަދޫ ޒުވާނުންގެ މެދުގައި ގަދަ ކޮށްލައިފި އެވެ.

ޗެމްޕިއަން ޓީމަށް 75 ހާސް ރުފިޔާ ލިބިގެންދާ، މުބާރާތުގެ، މިހާރު އޮތީ ކްއާޓާ ފައިނަލާ ހިސާބު ގައެވެ. މިރޭ ކްއާޓާ ފައިނަލު ފެށިގެންދާނެ އެވެ. ސޯޅަ ޓީމާއެކު ފެށި މުބާރާތުން އަށް ޓީމު ވަނީ އަލްވަދާއު ކިޔާފަ އެވެ.

ކްއާޓާއަށް ދަތުރު ކޮށްފައިވާ އަށް ޓީމަކީ، ހުއްޓޭ ކޮޑާ، އެސްއޯޕީ، ޑީއެފްސީ، ރޯޔަލް އެފްސީ، ލަމްބާޑާ، އެފްސީ ހޯޑެއްދޫ، އެރޯ 401 އަދި ބްލެކް ބްލާސްޓެވެ.

ކްއާޓާ ފައިނަލުގައި، މިރޭ، ދެ މެޗު ކުޅެނޭ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ، ލަމްބާޑާ އާއި ހޯޑެއްދޫ އެފްސީ އެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރަނީ، ހުއްތޭ ކޮޑާ އާއި އެސްއޯޕީ އެވެ.

މާދަމާ ރޭ ކުޅޭ ކްއާޓާ ފައިނަލު ފުރަތަމަ މެޗުގައި، ނުކުންނާނީ، އެރޯ 401 އާއި ރޯޔަލް އެފްސީ އެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ، ޑީއެފްސީ އާއި ބްލެކް ބްލާސްޓެވެ.

މުބާރާތް ފެށީ، މިމަހު އެއް ވަނަ ދުވަހު އެވެ. މުބާރާތް ރަސްމިކޮށް ހުޅުއްވައި ދެއްވީ ރައިސްލުޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު އެވެ. މުބާރާތުގެ ރަނަރަފު ޓީމަށްވެސް 25000 ރުފިޔާ ލިބިގެންދާ މުބާރާތުގެ ސްޕޮންސަރަކީ ދެކުނު ކޮރެއާގެ މަޝްހޫރު ޑައެވޫ ބްޜެންޑްގެ ރާއްޖޭގެ ޑިސްޓްރަބިޔުޓާ އެވެ.