ރޯދަ މަހާ ރޯއްޖާ

ރޯދަ ވީއްލަން އަކޯޔާ ޓެސްޓް ކޮށްލަން ވެސް ރަނގަޅު!

Jun 12, 2017

އަކޯޔާ ރެސްޓޯރެންޓުގެ ތައާރަފަށް ދާނަމަ އެއީ ޗައިނީސް އާއި ކޮންޓިނެންޓަލް އަދި ފާސްޓް ފުޑާއި އިންޑިއަން އަދި މެލޭޝިއަން ފަދަ ގިނަ ކެއުންތައް ލިބެން ހުންނަ ރެސްޓޯރެންޓެކެވެ. މީގެ އިތުރުންވެސް އެކި ގައުމުތަކުގެ ގިނަ ރަހަތަކެއް މިތަނުން ދޭއިރު ރޯދަ މަހަށް "އަކޯޔާ" ވެސް ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. އެކަމަށް ހާއްސަ މެނޫއެއް ނެރެފައިވާއިރު، އެތަށް ރަހައެއް ހިމަނާފައި ވެއެވެ.

"އަކޯޔާ" ރޯދަ މެނޫގައި ހުރި ހާއްސަ ރަހަތަކުގެ ތެރޭގައި ޓޫނާ ޕީއްޒާ އާއި ޕާސްތާ އަދި ފަތު މަސްހުނި އަދި ސްޕެގެޓީ އާއި ޕައިނެޕަލް ރައިސްގެ އިތުރުން މަސާލާ އޮމްލެޓް އަދި ރެޑްކަރީ ވިތް ޗިކަން ހިމެނެ އެވެ. މީގެ އިތުރުން ބީފް ވިތު އޮއިސްޓާ ސޯސް އާއި ބިސްކަޓް ފަޖް އަދި ތާޒާ މޭވާ އާއި އައިސް ކްރީމް ވެސް ހިމެނެ އެވެ.

އަކޯޔާ ރޯދަ މެނޫގެ އަގަކީ ބޮލަކަށް 240ރ. އެވެ. މި މެނޫގައި ހަފުތާގެ ކޮންމެ ދުވަހެއްގައި ހާއްސަ މެނޫއެއް ނެރެފައިވެ އެވެ. މިގޮތުން ހަފުތާގެ ކޮންމެ ދުވަހަކުވެސް ތަފާތު ގިނަ ކެއުންތަކެއް ހިމަނާފައިވެ އެވެ.