ކުޅިވަރު

ފުޓްބޯޅައިގައި ހުރިހާ ކަމެއް "ކޭން" ސާބިތުކޮށް ދީފި

Jun 11, 2017

ވޯލްޑްކަޕް ކޮލިފައިންގައި، ސްކޮޓްލޭންޑާ ދެކޮޅަށް، އިންގްލެންޑަށް، މެޗުގެ އެންމެ ފަހު ސިކުންތު ކޮޅު ތެރޭގައި ލަނޑު ޖަހައި، ފުޓްބޯޅައިގެ ހުރިހާ ކަމެއްވެސް ކުރެވޭނެ ކަން، ހެރީ ކޭން ސާބިތުކޮށްދީފި ކަމަށް، އިންގްލެންޑްގެ ކޯޗް، ގެރެތު ސައުތު ގޭޓް ބުނެފި އެވެ.

ރޭ ސްކޮޓްލޭންޑް އަތުން 2-1 ން އިންގްލެންޑް ބަލިވާން ދަނިކޮށް، ކޭން ލަނޑު ޖެހީ، ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން، ނެވެ. އެބޯޅަ ގޯލަށް ވަން އިރު، މެޗު ނިމެން އިނީ، ބާކީ 32 ސިކުންތެވެ. ރޭގެ މެޗުގައި އިންގްލެންޑްގެ ކެޕްޓަން ބޭންޑު ދިނީވެސް، ކޭން އަށެވެ.

ސްކްޓްލޭންޑްގެ ހޭމްޕްޑޮން ޕާކްގައި ކުޅުނު މެޗުގައި، އިންގްލެންޑް ލީޑްގައި އޮއްވައި، ސްކޮޓްލޭންޑްގެ ގްރިފްސް ވަނީ ދެ ހިލޭ ޖެހުން ކާމިޔާބުކޮށް، އެ ޓީމަށް ލީޑް ނަގައިދީފަ އެވެ. އިންގެލެންޑްގެ ފުރަތަމަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އެލެކްސް އޮކްސްލޭޑް ޗެމްބްލިން އެވެ.

ކޭންގެ ލަނޑުން އިންގްލެންޑް ބަލިނުވެ ސަލާމަތް ވުމުން، އެޓީމުން ވަނީ ވޯލްޑްކަޕް ކޮލިފައިންގައި ބަލި ނުވެ އެޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑް ހިފަހައްޓާފަ އެވެ. މިއީ ކޮލިފައިންގައި އެޓީމުން ބަލި ނުވެ ފުރިހަމަ ކުރި 34 މެޗެވެ.

"އެއީ [ކޭން ލަނޑު ޖެހި ވަގުތު ކޮޅަކީ] ޓީމަށް އައި ވަރަށް ވަރަށް ހާއްސަ ވަގުތު ކޮޅެއް،" އެއް އަހަރު ފަހުން، ކޭން އިންގެލްނޑްގެ ގައުމީ ޓީމަށް ޖަހައިދިން ގޯލާ ބެހޭގޮތުން، ސައުތުގޭޓް ބުންޏެވެ. "ސުވާލަކީ މި ޓީމުގެ ޝަހްސިއްޔަތާމެދު އުފެއްދި ސުވާލު، އަހަރެމެންގެ ހުރި ގާބިލު ކަމާމެދު އުފެއްދި ސުވާލު، އުނދަގޫ ހާލަތުން އަރައިގަތުމުގެ ގާބިލުކަން ހުރިތޯ އުފެއްދި ސުވާލު، އެއީ އަހަރެމެން (މެޗު ގައި) ޖަވާބު ދިން ކަމަކީ، ޓީމެއްގެ ގޮތުގައި އަހަރެމެން ބަލި ނުކުރެވޭނެ ކަން،، ގަޑި އޭގެ އަސްލު މިނަށްވުރެ ބާރަށް ހިނގަން ފަށައިފާނެ، ނަމަވެސް ނުހުއްޓުވައި ކުރިއަށްދާން ވީ، އެއީ އހަަރެމެން ކުރި ކަމަކީ އަހަރެމެން ހުއްޓައެއް ނުލަން، އަސްލު ކޮލިޓީން އަހަރެމެން ބޭނުންވާ ހިސާބަށް ދެވުނީ، އެއީ އަހަރެމެން ބޭނުންވާ ގޮތަކީ، ގުޅިގެން ޓީމެއްގެ ގޮތުގައި ކުރާ ކަމަކުން ކާމިޔަބު ލިބޭނެ."

ސައުތު ގޭޓް ބުނީ ފުޓްބޯޅައިގައި ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެހެންމީހުން އެކަން ނުވާނެ ކަމަށް ގަބޫލުކޮށް ތިއްބައިވެސް ކޭން އެކަން ސާބިތުކޮށްދީފި ކަމަށެވެ.

ސްކޮޓްލޭންޑްގެ ކޯޗް، ގޯޑަން ސްޓްރޭކަން ބުނީ، ރޭ ގެމަޗަކީ، އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ ހިތްދަތިކޯށް ދިޔަ މެޗު ކަމަށެވެ. މެޗުން މޮޅުވިނަމަ، އަންނަ އަހަރު ޜަޗިޔާގައި އޮންނަ ވޯލްޑްކަޕަށް ދިއުމުގެ އުންމިދަށް އާ ހިތްވަރެއް ލިބިގެން ދިޔައސް ކަމަށެވެ.