ރިހަފަތް

ޕާސްތާ ގަންނާށް ނުޖެހޭނެ، ޕޮޓޭޓޯ ގްނޮއްކީ ތައްޔާރުކޮށްލާ!

Jun 12, 2017
1

"ރިހަފަތު" ގައި މިއަދު ހިމަނާފައި ވަނީ ޕޮޓޭޓޯ ގްނޮއްކީ ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ ޕާސްތާ ޕެކެޓު ގަތުމުގެ ބަދަލުގައި މަދު އެއްޗެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޑިޝް އެކެވެ. އަދި ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަން ހޯދާފައިވެސްވާ ކެއުމެކެވެ.

ބޭނުންވާ ތަކެތި

2 މޭޝްޑް ޕޮޓޭޓޯ
1 ބިސް
ފުށް
ސަފޯލާ ގޯލްޑް އޮއިލް
ލޮނުމެދު
ފިޔާ
ލޮނު
އަސޭ މިރުސް
ޕީލްޑް ޓޮމާޓޯ
ބާލިސް ޕެސްޓޯ
ޖަލަޕެނޯ
ކޮކިން ކްރީމް
ޕާމަސަން

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޕާސްތާގެ ފުށްގަނޑު ހަދަން ފުށާއި ބިހަކާއި އަދި ޗިސްކޮށްފައިވާ ދެ ޕޮޓޭޓޯ ތައްޓަކަށް ލައި ފުށްގަނޑަކަށް ވަންދެއް އެއްކޮށްލާނީ އެވެ. ދެން ފުށްގަނޑު ހިމަކޮށް ދިގުކޮށް ރޯލް ކުރުމަށް ފަހު ފޮތި ފޮއްޗައް ކޮށާލައި އުލަކުން ކޮންމެ ފޮއްޗެއްގެ އެއް ފަޅިއަށް ފިތާލާނީ އެވެ.

ޕާސްތާ ފުށްގަނޑު ދެން ލާނީ ސަފޯލާ ގޯލްޑް ތެޔޮ އަޅަފައި ހުރި ހޫނު ފެން އެއްޗަކަށެވެ. ފުށްގަނޑު ރަނގަޅަށް ކައްކާލުމަށް ފަހު ތަވައިން ނަގާށެވެ.

ދެން ހަދާނީ ސޯސް އެވެ. މި ޕާސްތާއާއެކު އެ މީހަކު ބޭނުން ސޯސްއެއް ބޭނުން ކުރެވިދާނެ އެވެ. މި ޑިޝްގައި ބޭނުން ކޮށްފައިވާ ސޯސް ހެދުމަށް ތަވައަކަށް ތެޔޮ އެޅުމަށް ފަހު ލޮނުމެދާއި ފިޔާ އަޅާލުމަށް ފަހު ލޮނާއި އަސޭމިރުސް ކޮޅެއް އަޅާލާ ރަނގަޅަށް ހާވާލާށެވެ. އޭގެ ތެރެއަށް ދެން އަޅާނީ ޕީލްޑް ޓޮމާޓޯ އެވެ. އެއަށް ފަހު ބާސިލް ޕެސްޓާއާ ޖަލަޕެނޯ އަޅާނީ އެވެ. ދެން ކުކޮން ކްރީމް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޕާމަސަން ޗީޒް ކޮޅެއް އަޅާލުމަށް ފަހު އޭގެ ތެރެއަށް ކުރިން ހަދާފައި ހުރި ޕާސްތާ އަޅާލާށެވެ.

ގާނިޝް ކުރުމަށް ޓޮމާޓޯ އަޅާލާފައި އިތުރު ޕާމަސަން ޗީޒް ކޮޅެއް ބޭނުން ކުރެވިދާނެ އެވެ.