ވިޔަފާރި

ޓޫރިޒަމް ބިމު ކުލީގެ އާމްދަނީ ބޮޑު ތަން އިތުރުވެއްޖެ

Jun 13, 2017
1

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ބިމުކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބިފައިވަނީ 333 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނު އަދަދު ވަނީ 414 މިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ. މިއީ ގާތްގަނޑަކަށް 24 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ލިބޭ އާމްދަނީ އިތުރު ވެގެން ގޮސްފައިވާއިރު ރިސޯޓު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއު ތަކެއް ރާއްޖޭގައި ދަނީ ކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ފަޅުތަކެއްގައި ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތަކެއް ވަނީ ފެށިފަ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ދީފައިވާ ލުއިތަކާއެކު، މިދިޔަ އަހަރުވެސް 11 ރިސޯޓެއް ހުޅުވިފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި އިތުރު 50 ރިސޯޓެއް މާކެޓަށް ނެރުމެވެ.