ހަބަރު

ބިދޭސީއެއް އަތުން ފޭރުނު ދެ މީހުން ހޯދަނީ

Jun 13, 2017

ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު ދެ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

މާލޭގައި ބިދޭސީއެއްގެ އަތުން އެ ދެ މީހުން ފޯނެއް ފޭރިގެންފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ މީހުން ފެންނަ ވީޑިއޯއެއް މިހާރުވަނީ އާންމުކޮށްފަ އެވެ.

އެ ދެމީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

މީގެ ކުރިންވެސް ތަފާތު މައްސަލަ ތަކުގައި މީހުން ހޯދަން ފުލުހުން ފޮޓޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދެ އެވެ.