ރިހަފަތް

ކަޓްލަސްގެ ބަދަލުގައި ޗިކަން އެންޑް ޗީޒް ބޯލް ޓެސްޓުކޮށްލާ!

Jun 13, 2017
1
0%
0%
0%

"ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ "ޗިކަން އެންޑް ޗީޒް ބޯލް ހަދާލާނެ ގޮތެވެ. މިއީ ކަޓްލަސް ހަދާ ގޮތަށް ތައްޔާރުކޮށްލާ ޑިޝްއެކެވެ. މި ޑިޝް ތައްޔާރުކޮށްލަނީ އޮއިޝީގެ ޝެފެއް ކަމަށްވާ ފާތިމަތު ލަމްހާ އެވެ.

ބޭނުންވާ ތަކެތި

1 ބިސް
ބްރެޑް ކްރަމް
300 ގްރާމް މައިންސް ޗިކަން
ކައްކާފައި ހުރި އަލުވި
އޮއިސްޓާ ސޯސް
މޮޒޮރެއްލާ ޗީޒް
1 ޓޭބަލް ސްޕޫން ސޯޔާ ސޯސް
ޗިކަން ޕައުޑާ

ތައްޔާރު ކުރާ ގޮތް

ފުރަތަމަ މައިންސް ޗިކަންގެ ތެރެއަށް ޓޭބަލް ސްޕޫންއެއްގެ ސޯޔާ ސޯސްއާ ދެ ޓޭބަލް ސްޕޫންގެ އޮއިސްޓާ ސޮސް އަޅާލާށެވެ.
ޗިސްކޮށްފައި ހުރި ކުކުޅާއެއްކޮށް ރަނގަޅަށް މޮޑެލުމަށް ފަހު އޭގެ ތެރެއަށް އެއް ޓޭބަލް ސްޕޫންގެ ޗިކަން ޕައުޑާއާއި އެއް ބިސް އަޅާލާށެވެ. ދެން އަޅާލާނީ އެއް ޖޯޑު ފުށެވެ. އެއް ފަހު ރަނގަޅަށް އެއްކޮށްލާނީ އެވެ. ދެން ކައްކާފައި ހުރި އަލުވި ޗިސް ކުރުމަށް ފަހު ކުކުޅާ އެއްކޮށްލާށެވެ. ދެން ބްރެޑް ކްރަމް އަޅާލުމަށް ފަހު އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާނީ އެވެ.

ކުކުޅު އެތިން ގޮށި ހަދާފައި އޭގެ ތެރެއަށް މޮޒޮރެއްލާ ޗީޒް އަޅާލުމަށް ފަހު ބައްދާލުމަށް ފަހު ގުޅަ ޖަހާނީ އެވެ. ޗިސްކޮށްފައި ހުރި ކުކުޅު އެތިން އެ މީހަކު ބޭނުން ވަރަކަށް ޗިކަން ބޯލްސް ހަދާށެވެ.

ގުޅަ ޖަހާފައި ހުރި ޗިކަންތައް ކަޓްލަސް ހަދާ ގޮތަށް ފުށް އެތީ ތެރެއަށްލުމަށް ފަހު އެގް ޔޯކް ތެރެއަށް ލާނީ އެވެ. ދެން އެ ވަށާ ބްރެޑް ކްރަމް ލުމަށް ފަހު ގޯލްޑަން ބްރައުން ކުލަ އަރަންދެއް ތެލުލާށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުޙަންމަދު

ދިވެހިން މި ލިޔެލަންވީނު ދޯ؟ މުޅިން އިނގިރޭސި ބަސްބޭނުންކޮށްގެން ލިޔާއިރު ހަމަ ދިވެހިން މި ތަކެއްޗަށް ކިޔާނަން ނޭނގެނީތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345