ރިހަފަތް

ޕެޝަން ފްރުޓް މޫސް: މުޅިން ތަފާތު ފޮނިކާ އެއްޗަކަށް ވާނެ

"ރިހަފަތް"ގައި މިއަދު މި ގެނެސްދެނީ ވަރަށް މަދު ތަކެއްޗެއް ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ޑެޒާޓެކެވެ. މިއީ ޕެޝަން ފްރުޓް މޫސް އެވެ. ޕެޝަން ފްރުޓްއަކީ ގިނަ ޑެޒާޓުތައް ތައްޔާރު ކުރަން ބޭނުން ކުރާ މޭވާ އެކެވެ. އެގޮތުން އޮއިޝީން ތައްޔާރުކޮށްލާ މި ޕެޝަން ފްރުޓް މޫސްއަކީ ގިނަ ދިވެހިންނަށް ވެސް ކަމުދާނެ ފޮނިކާއެއްޗަކަށް ވާނެ އެވެ. އަދި ރޯދަ ވީއްލާ ގަޑިއަށް މިވަރެއް ނޯންނެކަން ކަށަވަރެވެ!

ބޭނުންވާ ތަކެތި

125 އެމްއެލް ވިޕިން ކްރީމް
ފެން
3 ޕެޝަން ފްރުޓް
ޖިލެޓިން
50 ގްރާމް ހަކުރު
ލައިމް ޖޫސް

ތައްޔާރު ކުރާ ގޮތް

ފުރަތަމަ ވިޕިން ކްރީމް ތެރެއަށް 50 ގްރާމް ހަކުރު އެޅުމަށް ފަހު އެއްކޮށްލާނީ އެވެ. ދެން ޕެޝަން ފްރުޓްއާ ފެނާ އެއްކޮށްލާފައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު، އޭގެ ހުރި އޮއްތައް ވަކި ކުރުމަށް ފުރާނާލާނީ އެވެ. އަދި ފުރޭނިފައި ހުރި ޕެޝަން ފްރުޓް ދިޔައިގެ އެއްބައި އެއްބައި ވިޕިކް ކްރީމް ތެރެއަށް އަޅާ އެއްކޮށްލާނީ އެވެ. ދެން ތަށީގެ މެދާ ހަމަޔަށް ވިޕިން ކްރީމް އަޅާލާށެވެ.

ދެން ކުރިން ފުރޭނި ފެޝަން ފްރުޓްގެ އޮއްތަކުން ދެ ޓޭބަލް ސްޕޫން އަޅާލާނީ އަނެއްކާވެސް ފެޝަން ފްރުޓްގެ ބާކީ ހުރި ދިޔައިގެ ތެރެއަށެވެ. ދެން އޭގެ ތެރެއަށް އަޅާލާނީ ދެ ޓޭބަލް ސްޕޫންގެ ލައިމް ޖޫސް އެވެ. ދެން އެއްކޮށްލުމަށް ފަހު ޖިލެޓިންއާ އެއްކޮށްލާށެވެ. އެ މިކްސް ދެން އަޅާނީ ތަވައަކަށެވެ. އަދި ހޫނުކޮށްލުމަށް ފަހު ވިޕިން ކްރީމްއަޅާފައި ހުރި ތަށީގެ މައްޗައް އަޅާލާށެވެ.