ރާއްޖެ ކުޅިވަރު

ފްރާންސްގެ ކުލަބު ނޯންޓްގެ ކޯޗަކަށް ރަނިއޭރީ

Jun 15, 2017

މިދިޔަ އަހަރުގެ ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން، ލެސްޓާ ސިޓީއަށް ހޯދައިދިން ކޯޗް، އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ، ފްރާންސް ލީގްގެ ނޯންޓްގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.

ލީގް ޗެމްޕިއަން ޓައިޓަލްއާއެކު، ރަނިއޭރީ ގޮވައިގެން، ނިމިދިޔަ ސީޒަންގެ ޕްރިމިއާ ލީގަށް ނިކުތް ލެސްޓާ ސިޓީއަށް ސީޒަންގެ ކުރީކޮޅު ދިމާވީ އެހެން މައްސަލަ އެކެވެ. އެ ޓީމަށް ކުރިމަތިވީ ރެލިގޭޓް ވެދާނެ ކަމުގެ ބިރުވެރި ކަން ކުރިމަތިވުމުން، ރަނިއޭރީ ކޯޗް ކަމުން ވަކި ކުރިއެވެ.

ކޯޗް ކަމުން ވަކި ކުރިތާ ހަތަރު މަސް ފަހުން، ނޯންޓްއާ ހަވާލުވިއިރު، ރަނިއޭރީގެ އުމުރުން 65 އަހަރު ފުރެން އޮތީ، ތިން މަހެވެ. ފްރާންސް ލީގްގެ ގަވައިދު ބުނާ ގޮތުން، ކޯޗް ކަމަށް އައްޔަން ކުރާ މިހާ ވާން ޖެހޭނީ އުމުރުން 65 އަހަރު ފުރިފައި ނުވާ މީހަކަށެވެ.

"ފްރާންސް ލީގްގެ ގާނުނީ ކޮމިޓީގެ އިއްޔަގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެފްސީ ނޯންޓްގެ ކޯޗްގެ ގޮތުގައި ޕްރޮފިޝަނަލް ކޮންޓްރެކްޓެއް ދިނުމުގެ ހުއްދަ ދިނުމަށެވެ." ފްރާންސް ލީގްގެ އިދާރާއިން ނެރފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ނިމިދިޔަ ސީޒަންގެ ފްރާންސް ލީގްގައި ތާވަލުގެ ހަތް ވަނައިގައި ނިންމާލި ޓީމުގެ ކޯޗަކަށް ހުރި، ޕޯޗްގަލްގެ ސާޖިއޯ ކަންސީކާއޯ ވަނީ، ޕޯޓޯގެ ކޯޗް ކަމާ ހަވާލުވެފަ އެވެ.

އިނގިރޭސި ފުޓްބޯޅަ އެންމެ ފަޑިއަށް ލެސްޓާ ނަގައިދިނުމުގައި މުހިންމު ދައިރެއް އަދާކުރި، ރަނިއޭރީ ވަނީ، މީގެ ކުރިން އިޓަލީގެ ނަޕޯލީ އާއި ފިއޮރެންޓީނާ އާއި ޔުވެންޓަސް އާއި އޭއެސް ރޯމާ އިންޓަ މިލާން އިންގެލްނޑްގެ ޗެލްސީ އާއި އިޓަލީގެ އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާ އަށްވެސް ކޯޗް ކޯށްދިނެވެ.