ކުޅިވަރު

ވެރާޓީއަށް އެންމެ ރަނގަޅު ވާނީ ބާސާއަށް ބަދަލުވުން: މަލްޑިނީ

Jun 15, 2017

ޕީއެސްޖީގެ އިޓަލީގެ މިޑްފިލްޑާ، މާކޯ ވެރާޓީއަށް އެންމެ ކަމުދާނެ ކުލަބަކަށް ވާނީ، ސްޕެއިންގެ ބާސެލޯނާ ކަމަށް، އިޓަލީގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

ބާސާގެ މެދުތެރެ، ވަރުގަދަ ކުރުމަށްޓަކައި، އާ ކޯޗް، އެރުނަސްޓޭ ވަލްވެރުޑޭ ދަނީ، ބާސާގެ ސްޓައިލްއާ ގުޅޭނެ، މިޑްފީލްޑަރެއް ހޯދަމުން ނެވެ. އެ ޓީމުން، ވަނީ މިޑްފީލްޑް ލައިނަށް، ވެރާޓީ ގެންނަން މަސައްކަތް ކުރަމުން ނެވެ.

އިޓަލީ އާއި އޭސީ މިލާންގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ފާހާގަ ވެފައިވާ މަލްޑިނީ، ބުނީ ވެރާޓީގެ ކެރިއަރަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ، ޕީއެސްޖީ ދޫކޮށް، ބާސާއަށް ބަދަލުވުން ކަމަށެވެ.

ވެރާޓީއަކީ އަދަޔާ ހިލާފް މޮޅު ކުޅުންތެރިޔެއް، އޭނާގެ ކުޅުން އަހަރެން ވަރަށް ބޮޑަށް ފާހަގަ ކުރަން، އަދި އަހަންނަށް ހީވަނީ އޭނާ އަށް މާބޮޑަށް ކުރި އެރުން ލިބޭނެ ހެން، އޭނާ ޕެރިސް ދޫކޮށް އާ ތަޖުރިބާއެއް ކޮށްފިއްޔާ،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުގައި މަލްޑިނީ ބުންޏެއެވެ.

"ބާސެލޯނާ ވާނީ އޭނާ އަށް އެންމެ ކަމުދާ ޓީމަކަށް، އަދި އަހަންނަށް ޔަގީން ބާސެލޯނާ އަށް ވެސް އޭނާއަކީ މުހިންމު ކުޅުންތެރިޔަކަށް ވާނެ."

ވެރާއްޓީ 24، ވިއްކާލާކަށް، ޕީއެސްޖީން ބޭނުމެއް ނޫނެވެ. އޭނާ ގެންދަން، ޗެލްސީން ވެސް މަސައްކަތް ކުރެ އެވެ. ދެހާސް ބާރަ ވަނަ އަހަރު، އިޓަލީގެ ޕެސްކަރާއިން ވެރާއްޓީ ޕީއެސްޖީއަށް ގެންދިޔައީ، ޕީއެސްޖީގެ އޭރުގެ ކޯޗް އިޓަލީގެ ކާލޯ އަންޗެލޯޓީ އެވެ. ޕީއެސްޖީއާއެކު ވެރާއްޓީ ސޮއިކޮށްފައިވާ، ފަސް އަހަރު އެއްބަސްވުން ހަމަވާނީ އަންނަ އަަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.