ކުޅިވަރު

ބަޔާންގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޓޮލިސޯ

Jun 15, 2017

ބަޔާން މިޔުނިކްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި، ފްރާންސްގެ އޮލިމްޕިކް ލިޔޯންއިން، ކޮރެންޓިން ޓޮލިސޯ ބަޔާންއަށް ބަދަލު ވެއްޖެ އެވެ.

ލިޔޯން ދޫކޮށް ޓޮލިސޯ ޔުނައިޓަޑަށް ބަދަލުވީ 41.5 މިލިއަން ޔޫރޯ (714 މިލިއަން ދިވެހި ރުފިޔާ) ގެ އަގަކަށެވެ. މީގެ ކުރިން، އެންމެ އަގުބޮޑުކޮށް ބަޔާންއަށް ބަދަލުވީ 40 މިލިއަން ޔޫރޯއަށް އެތުލެޓިކް ބިލްބާއޯއިން، ބަޔާންއާ ގުޅުނު ސްޕެއިންގެ ހާވީ މާޓިނޭޒް އެވެ.

ލިޔޯންއިން ވެސް ބުނެފައިވަނީ، އެ އަގަކީ މިހާތަނަށް އެކުލަބުން ކުޅުންތެރިޔަކު ދިޔަ އެންގެ އަގުބޮޑު ޓްރާންސްފާ ކަމަށާއި، ޓޮލިސޯ ދޫކޮށްލުމަށް، އެކުލަބާއި ބަޔާންއާ ދެމެދު ވެވެނު އެއްބަސްވުމުގެ ދަށުން އިތުރު ހަ މިލިއަން ޔޫރޯ ލިޔޯން އަށް ލިބިގެންދާނެ ކަމަށެވެ.

"އަހަރެން ވަނީ އުފާވެރި ވަގުތު ތަކެއް، ލިއޔޯންގައި ހޭދަ ކޮށްފަ، އެކަމަށް ޓަކައި ޝުކުރު ވެރިވަން މިހާރު އަހަރެން މިހުރީ، ޔޫރަޕްގެ އެއް ވަނަ ޓީމާއެކު ކުރިއަށްދާން." ޓޮލިސޯ، 22 ބުންޏެވެ.

ބަޔާންގެ ސީއީއޯ ހެންސް ރުމެނިގާ ވިދާޅުވީ ބަޔާންގެ ކޯޗް ކާލޯ އަންޗެލޯޓީ ބޭނުންވާ އެންމެ ޓޯޕް މިޑްފީްލްޑަރުންގެ ތެރޭގައި، ޓޮލިސޯ ހިމެނޭ ކަމަށެވެ.

ބަޔާން ވަނީ ވޭތުވެދިޔަ ފަސް އަހަރު، ޖަރުމަން ލީގް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް، ޗެމްޕިއަސް ލީގް ކްއާޓާ ފައިނަލަށް ވުރެ ދުރަށް 2013 ވަނަ އަހަރުގެ ފަހުން ދެވިފަ އެއް ނުވެ އެވެ. އެ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރީ އެ ޓީމެވެ.