ރިހަފަތް

ރަހަ ތަފާތުކޮށްލަން "އެވަކާޑޯ އެންޑް ކްރެބް މަކީ" އެއްވަނަ!

Jun 15, 2017

"ރިހަފަތް"ގައި މިއަދު މި ގެނެސްދޭ ޑިޝްއަކީ ދިވެހިންގެ ތެރޭގައި މާ އާންމު ކެއުމަކަށް ނުވެދާނެ އެވެ. ނަމަވެސް އެ ކައިފި ނަމަ ދެވަނަ ފަހަރަށް އޯޑަރުކޮށްގެން ވެސް ކާނެކަން ޔަގީނެވެ. އެއީ ޖަޕަނީޒް ޑިޝްއެއް ކަމަށްވާ އެވަކާޑޯ އެންޑް ކްރެބް މަކީ އެވެ. މިއީ އޮއިޝީ ރެސްޓޫރަންޓުގެ މެނޫގައި ހިމެނޭ ވަރަށް ހާއްސަ ޑިޝް އެވެ. އެހެންކަމުން މި ޑިޝް ތައްޔާރުކޮށްލާ ގޮތް ދަސްކޮށްލާށެވެ.

ބޭނުންވާ ތަކެތި

ޖަޕަނީޒް ރައީސް
ސޫޝީ ވިނިގާ
ކަކުނި މަސް
1 އެވަކާޑޯ
1 ކެރެޓު
ތެރިއާކީ ސޯސް

ތައޔްޔާރު ކުރާ ގޮތް

ފުރަތަމަ ސޫޝީ އަޅަން ބޭނުން ކުރާ އެތީގައ ޖަޕަނީޒް ބަތް ލާނީ އެވެ. އަދި އެ ފުރާލމަށސް ފަހު އަނެއް ފަރާތުގައި ދިގަށް ކޮށާފައި ހުރި ކިއުކަމްބާއާއި ބެލް ޕެޕާ އަދި އެވަކާޑޯ ލާނީ އެވެ. އޭގެ މައްޗައް ދެން ލާނީ ކަކުނި މަހެވެ. އެއަށް ފަހު ހަތަނެސް ކަނަށް ވާ ގޮތަށް އޭތި އަނބުރާލާަފައި ފިއްތާލާށެވެ. އޭރުން އިންނާނީ ހަތަރެސް ކަނަށް ހުންނަ ޖަޕަނީޒް ރައިސް ގަނޑެއް ހެދިފަ އެވެ.

ދެން އޭގެ މައްޗައް ފޮތިފޮއްޗަށް ކޮށާފައި ހުރި އެވަކާޑޯ އެޅުމަށޤށ ފަހު އަނެއްކާ ވެސް ހަތެރެސް ކަނަށް ރޯލްކޮށްލާށެވެ. ދެން ކޮށާލާފައި ތަށީގައި އަތުރާލާނީ ކާާށެވެ. އެއާ އެއްކޮށް ކޮށާފައި ހުރި ކެރެޓު ގާނިޝްއަށް ބޭނުން ކުރެވިދާނެ އެވެ. އަދި އެވަކާޑޯ މަކީ މައްޗައް ދެން އަޅާލާނީ ސޯޔާ ސޯސް އެވެ.