ކުޅިވަރު

ގައުމީޓީމް މާލެ އަތުވެއްޖެ، ލީގް ފެށުން އަންނަ ހަފުތާގައި

Jun 15, 2017
2

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ގައުމީ ފުޓްބޯޅަ ޓީމު މަލެ އަތުވެއްޖެ އެވެ. އަދި އެފްއޭއެމުން ވަނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހު އަލުން ލީގް ފެށުމަށް ތާވަލު ކޮށްފަ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ލީގް އަލުން ފަށާނީ މާޒިޔާ އާއި އީގަލްސް މެޗުން ނެވެ. އެ މެޗަކީ ލީގް މެދުކަނޑާ ލުމުގެ ކުރިން، ކުޅެން ހަމަޖައްސަފައިވާ މެޗެކެވެ. ނަމަވެސް އެމެޗު ފަސް ކުރީ، އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް، މިދިޔަ މަހުގެ 31 ވަނަ ދުވަހު، ކުޅުނު މެޗަށް މާޒިޔާ އަށް އަށް ވަގުތު ދިނުމުގެ ގޮތުން ނެވެ.

އަލުން ލީގް މިފަށަނީ 26 ދުވަސް ފަހުން ނެވެ. އެންމެ ފަހުން ލީގް ކުޅެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ލީގް މެދު ކަނޑާލި މުއްދަތުގައި، ގައުމީ ޓީމު ވަނީ ކޮލިފައިންގައި ބުޓާނާ ދެކޮޅަށް، މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗަށް ތައްޔާރު ވުމަށް، މާލޭ އާއި ތައިލެންޑްގައި ޕްރކެްޓިސް ކުރިއަށް ގެންގޮސްފަ އެވެ.

މާލޭގައި ޕްރެކްޓިސް ކުރުމަށްފަހު، ޓީމު ވަނީ އަރަބި އެމިރޭޓްސް އަށް ދަތުރުކޮށް އަފްގާނިސްތާނާ ދެޮލާށް، އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ.
މެޗުން ރާއްޖެ ބަލިވީ 2-1 ން ނެވެ. އަދި އެމެޗަށްފަހު ތައިލެންޑްގައި ވަނީ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.

ލީގް މެދުކަނޑާ ލުމުގެ ކުރިން، ޓީމުތަކުގެ ކޯޗުން އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ ޓީމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އިސްކަން ދޭނިމަ ށެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފައި ވަނީ، ލީގް ބްރޭކް އައުމުން، ޓީމުގައި އަނިޔާގައި ތިބި ކުޅުންތެރިން ރިކަވާ ވެލުމަށް އިތުރު ވަގުތެއް ލިބޭނެ ކަމަށާއި އަލުން ލީގް ފަށާއިރު، ޓީމަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.

އީގަލްސްގެ ކޯޗް އިސްހާސްން އަބްދުލް ގަނީ (ސާންތީ) ވަނީ، ލީގް މެދުކަނޑާލި ތަނުން، ޓީމުގެ ކުޅުންތެރިންނަށް ހަތް ދުވަހުގެ ބްރޭކެއް ދީފަ އެވެ. އީގަލްސް އަށް އޮތީ މާޒިޔާގެ މެޗު ކަމަށް ވަުމުން، އެޓީމުވެސް އޮތީ އެ މަޗަށް ތައްޔާރު ވުމަށް ބްރޭކް ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ކުރިން ޕްލޭން ހަދާފަ އެވެ.

ލީގްގެ އެއް ވަނައިގައި ޑޮމިނޭޓް ކުރަމުން އަންނަ، މާޒިޔާގެ، އަށް ކުޅުންތެރިން ވަނީ ގައުމީ ޓީމާގައި ހިމެނިފަ އެވެ. އެހެންވެ އެޓީމުގެ ކޯޗް މަރުޔަން ސެކްލޮސްކީ އަށް މުޅި ޓީމު އެކުގައި ފަރިތަން ކޮށްލަން ލިބޭނީ ކުރިއަށް އޮތް ފަސް ދުވަސް އެކަން ނެވެ.

މިއަހަރު، މާޒިޔާ އަށް ކައިރި ކައިރީގައި މެޗުތައް އޮތުމުން، ކުޅުންތެރިންގެ ފިޓްނަސް އަށް އަސަރު ކުރަމުންދާ ކަމަށް ސެކްލޮސްކީ ވަނި ފަހަގަ ކޮށްފަ އެވެ. ގައުމީ ޓީމުގައި ނުހިމެނޭ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކޮށްލުމަށް، ސެކްލޮސްކީ އަށް އެދެވޭ ވަގުތެއް ލިބުނު ކަމަށް ބެލެވެ އެވެ. ނަމަވެސް ހުރިހާ ކޯޗުންވެސް ފާހަގަ ކޮށްފައި ވަނި ރޯދަ މަސް ކަމަށް ވުމުން، އެންމެ ފުރިހަމައަށް ތައްޔާރުވުމުގައި މައްސަލަ ކުރިމަތިވާ ކަމަށެވެ.