ރިޕޯޓް

ސިއްރު ގޮތު އިނގިރޭސިން ރޭވި އޮޕަރޭޝަން ކޮންކިއުބައިން

Jun 16, 2017
2

ސެޕްޓެމްބަރު 1952 ގައި އިނގިރޭސި ސަރުކާރުން، ވައިގެ ކަންތައްތަކާ ބެހޭ މިނިސްޓްރީއާ ގުޅިގެން ސިއްރު ކޮށްފައިވާ ސާވޭއެއް ފަށަން ނިންމައި އެ މަސައްކަތުގެ ކޯޑު ނަމަކީ "އޮޕަރޭޝަން ކޮންކިއުބައިން" ކަމަށް ހަމަ ޖެއްސީކޮން ނިޔަތެއްގައި ކީއް ކުރަން ހެއްޔެވެ؟

"އެއީ ވަރަށް ބޮޑަށް އިނގިރޭސީން ސިއްރުކޮށްފައިވާ ސާވޭއެއް. އެއީވަރަށް ބޮޑު ބަދަލުތަކެއްގެ ފެށުން،" އައްޑު އަތޮޅުގައި އިނގިރޭސީން އަސްކަރީމަރުކަޒެއް ހަދައިގެން ތިބި އިރު ގަމުގައި އެއާ ކްރާފްޓް ސާވޭ އިންޖިނޭރެއްގެގޮތުގައި މަސައްކަތް ކުރެއްވި މައިކަލް ޒެނިސް ލިޔުއްވި ފޮތް "ގްޑް ބައިގޭން" ގެ "އޮޕަރޭޝަން ކޮންކިއުބައިން" ރިޕޯޓުގައި އޭނާ ވިދާޅުވެފައި ވެ އެވެ.

އިނގިރޭސީން އައްޑު އަތޮޅު ގަމާއި އެހެން ބައެއް ރަށްތަކުގައި އޭގެކުރިން ތިބީ 1942 އިން 1945 އަށެވެ.

ނަވާރަސަތޭކަ ސާޅީސް ފަސް ވަނަ އަހަރު ދެ ވަނަ ބޮޑު ހަނަގުރާމަނިމުމަށް ފަހު އިނގިރޭސި ސިޔާސީ މަސްރަހު ފުރޮޅުމަކާ ދިމާއަށް ދީލައިލި އެވެ. އެއާ އެކު ވަރަށް ބޮޑު ބަދަލުތަކަކާ ކުރިމަތި ލާން ޖެހުނެވެ. ސަބަބަކީ އިނގިރޭސި އެންޕަޔާގެ ދަށުގައިވާ ބައެއް ތަންތަނުން އަތްފޮޅާލައި މިނިވަންކަންދޭން މަޖުބޫރު ވުމެވެ. އިންޑިޔާ، ޕާކިސްތާނު، އަދި ފަހުން ސިލޯނަށް (ސްރީލަންކާ) މިނިވަންކަން ދީ، އެހެން ތަނެއްގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ މުހިންމުކަން އިނގިރޭސި ސަރުކާރަށް އިހުސާސް ކުރެވުނެވެ. އަދި އެމަސައްކަތް ވަރަށް ސިއްރު ގޮތެއްގައި ވަރަށް ފުނުން ރާވާން ފެށި އެވެ.

މައިކަލް އޭނާގެ ފޮތު ގައި ވިދާޅުވަނީ މިހެންނެވެ: "ސަބްކޮންޓިނެންޓްގައި ސިޔާސީ މައްސަލަތައް އިތުރުވަމުން ދިޔުމާ އެކުގައިމެ، އެސަރަހައްދާ ވީހާ ވެސް ދުރެއްގައި އިންޑިޔާ ކަނޑުގައި އަސްކަރީ މަރުކަޒެއްގާއިމު ކުރުމުގެ ނިޔަތް ގަނެ އެ މަސައްކަތް ފަށައިގަތީ ވަރަށް ފުނުން. ވަރަށް ސިއްރު ކުރެވިގެން."

"އޮޕަރޭޝަން ކޮންކިއުބައިން" ގެ ސިއްރު ރޭވުންތަކުގައި އިނގިރޭސީން އެންމެ ފުރަތަމަ ކުރި މަަސައްކަތަކީ އައްޑު އަތޮޅާއި ސީޝެލްސްގެ ކޮއިވެޓީ އައިލެންޑް އަދި ރާއްޖެއާ 400 މޭލު ދުރުގައިވާ ބޮޑުރަށެއް ކަމަށްވާ ޑިއެގޯ ގާސިޔާ ނުވަތަ ފޯޅަވަހި ސާވޭ ކުރުމެވެ.

ބޭރު މައްޗަށް ތަފާތު ސިފައެއް ޖައްސާފައިވާ މި ސިއްރު ސާވޭކުރުމުގެ ދަތުރުތަކުގައި ބޭނުން ކުރީ ކަނޑަށް ޖައްސާ މަތިންދާ ބޯޓެކެވެ."ސަންޑަލޭންޑް" ނަމަކަށް ކިޔާ މި ބޯޓުގެ ނަކަލެއް މިހާރު ފެންނާނީއިނގިރޭސި ވައިގެ ސިފައިންގެ މިއުޒިއަމްތަކުންނެވެ. މި އޮޕަރޭޝަންގެ އެޖެންޑާގެ ތެރޭގައި ކްރިސްޓިއަން ދީން ފެތުރުން ވެސް ހިމަނާފައި ވެއެވެ. އެކަން ކޮންމެވެސް މިންވަރެއްގައި ކާމިޔާބުވެސް ކުރި އެވެ. -- ތަފުސިލްކޮށް އެ ވާހަކަ ފަހުން ލިޔާނަމެވެ.

ސަންޑަލޭންޑްގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ ހިފައިގެން އެންމެފުރަތަމަ ހަމަ ޖެހިފައި އޮތީ ޗައިނާބޭ ނުވަތަ ސިލޯނުގެ އިރުމަތީގެ ރަށެއްކަމަށްވާ ޓްރިންކޮމަލީ އިން ސީދާ އައްޑު އަތޮޅަށް ދާށެވެ.

"އެކަމަކު ކަންދިމާ ކުރި ގޮތުން އައްޑު އަތޮޅަށް ދިއުމުގެ ކުރިންޗައިނާ ބޭއިން ފުރައިގެން އަހަރެމެން (އިނިގިރޭސީން) އަންނަން ޖެހުނީ މާލެއަށް،" މައިކަލް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 8 ވަނަ ދުވަހު މާލެ ކައިރިޔަށް ސަންޑަލޭންޑްޖެއްސި އިރު ވަރަށް ކަނޑު ގަދަ އެވެ. އެހެންކަމުން އެދުވަހު ބޯޓަށް ތެޔޮއަޅަން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފަނުފުލުންނެވެ. މައިކަލް ވިދާޅުވިގޮތުގައި މިޝަންގެ ބައިވެރިން އެކުވެގެން ސަންޑަލޭންޑަށް ތެޔޮ އެޅުނީ އަނެއްދުވަހު އެވެ. އެއީ ވެސް ވަރަށް އުނދަގޫ މަސައްކަތްތަކެއް ކޮށްގެނެވެ.ދޫނިދޫގައި ރައްކާ ކޮށްފައި ހުރި ތެޔޮ ފީފާތައް ފުރަތަމަ ބޯޓަށް ގެންދިޔައީ ބޮޑުދޯންޏަކަށް އަރުވައިގެން އަދި ވަކި ހިސާބަކުން ފީފާތައް ކުޑަ ދޯންޏަކަށް ބަދަލުކޮށްގެންނެވެ.

މާލޭގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު ބޯޓު ދިޔައީ ސީޝެލްސްއަށެވެ. މިއީ ދިހަ ގަޑި އިރުގެ ދަތުރެކެވެ. ސިއްރު ގޮތެއްގައި ސާވޭ ޓީމުންސީޝެލްސް އަށް ގޮސް ބެލި ތަންތަނަކީ ޕޯޓް ވިކްޓޯރިޔާ އާއި ޕްރަސްލިން އަދިކޮއޭޓިވީ އެވެ. ކުރި ސާވޭތަކުން އެނގުނީ ޕޯޓް ވިކްޓޯރިޔާ އާއި ޕްރިސްލިން،އަސްކަރީ މަރުކަޒެއް ހެދުމަށް ކަމުނުދާ ކަމަށެވެ. ނަމަވެސް ވަކިން އޮތް ރަށް،ކޮއޭޓިވީގައި 1900 ނުވަތަ 2000 ޔާޑުގެ ރަންވޭއެއް ހެދިދާނެ ކަމަށް ސާވޭއިން އެނގުނެވެ. އެއީ އެންމެ ރަނގަޅު ގޮތްތޯ އާއި އެއިން ތަނެއްގައިއަސްކަރީ މަރުކަޒެއް ހަދަން ނިންމުމުުގެ ކުރިން އެތާގެ މޫސުމާ ބެހޭސައިންޓިފިކް ތަހުލީލުތަކެއް ވެސް ކުރި އެވެ.

އެ މަސައްކަތުން ކަށަވަރުވީއާންމުކޮށް ވައި ޖެހޭ އަދި ވައިގެ މިސްރާބު އެނބުރެމުންދާ ގޮތް އެތަނުގައިނާޒުކު ކަމަށާއި އަސްކަރީ މަރުކަޒެއް ހެދުމުގެ ސިފަ އެއިން ތަނަކަށް ލިބިފައިނުވާ ކަމަށެވެ.

"އޮޕަރޭޝަން ކޮންކިއުބައިން" ސާވޭގޭ ފުރަތަމަ ފިޔަވަހި ނިންމަން 24 އޮކްޓޫބަރުގައި މާލޭ މަގުން ސަންޑަލޭންޑު އުދުހުނީ ޓްރިންކޮމަލީ އަށެވެ.ބޭނުމަކީ ސީޝެލްސްގެ ސާވޭއާ ބެހޭ ރިޕޯޓެއް އިނގިރޭސި ދިފާއީއޮފިޝަލުންނަށް އެރުވުމެވެ. އިނގިރޭސީ ދިފާއީ އެންމެ މަތީ ފެންވަރުގެއޮފިޝަލުންނާ އެކު ދެ ދުވަސް ވަންދެން މަޝްވަރާތައް ކުރުމަށް ފަހު ނިންމީޑިއެގޯ ގާސިޔާ އަށް ވުރެ ކުރިން އައްޑު އަތޮޅު ސާވޭ ކުރުމަށެވެ.

އޮކްޓޫބަރު 26 ވަނަ ދުވަހު ހެނދުނު ޓްރިންކޮމަލީން ފުރައިގެންސަންޑަލޭންޑް އައްޑު އަތޮޅަށް ދިޔައީ އެ ދުވަހުގެ މެންދުރު އެވެ. ބޯޓު ޖެއްސީވެރިރަށް ހިތަދޫ އިރުމަތީ ފަރާތު ފަޅު ތެރެއަށެވެ ސާވޭގެ މަސައްކަތް

ފެށީ އޭގެ އަނެއް ދުވަހު އެވެ. ބިމުގެ ސާވޭ ކުރުމަށް ދޯންޏެއްގައި،އިނގިރޭސީން ގަމަށް އެރީ ހެނދުނެވެ.

"ވަރަށް ވިއްސާރަ! ބޯކޮށް ވާރޭ ވެހޭތީ ގަމުގައި އަހަރެމެން(އިނގިރޭސީން) ކުރި މަސައްކަތް ތިން ދުވަހަށް ދިގުލި،" ފޮތުގައިވެ އެވެ.
މައިކަލް ވިދާޅުވި ގޮޮތުގައި ގަމަކީ އެއާޕޯޓު ހަދައި އަދި ބޭނުންވާއެހެނިހެން ނިޒާމުތައް ގާއިމު ކުރުމަށް ރަނގަޅު ރަށެއް ކަމަށް އެ ތިން ދުވަހުގެމަސައްކަތުން ފާހަގަ ކުރެވުނެވެ. އެއާ އެކު އެކުލަވައިލި ރިޕޯޓުގައިނުކުތާތަކެއް ފާހަގަ ކުރި އެވެ. އެއް ޕޮއިންޓަކަށް އޮތީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގަމުގައި ތިން ރަންވޭ ހަދާފައި އޮތުމެވެ.

އަދި ހަލާކުވުމުގެ އިތުރުން ވިނަ ބޯ ވެފައިވާ ރަންވޭތަކުގެ އިތުރަށްބައެއް އިމާރާތްތައް ވެސް ހުރުމުން ގަމުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރެވިދާނެ ކަމަށް އިނގިރޭސީ ދިފާއީ އިދާރާގެ އެންމެ އިސް ވެރިންނަށް ގަބޫލުކުރެވުނެވެ.

ގަމަށް ފަހު ސާވޭގައި ހިތަދޫ ވެސް ބެލި އެވެ. އެގޮތުން ހިތަދޫގެމާމެންދޫ ސަރަހައްދަކީ ހަނގުރާމައިގެ ދުވަސްވަރު ރޯޔަލް އެއާފޯސްގެ ހާއްސަމަރުކަޒެކެވެ. އެދުވަސްވަރު ގާއިމު ކުރި ހާއްސަ ވަޔަލެސް ސްޓޭޝަންގެ ބައެއްއޭރިޔާތައް ވެސް ސާވޭ ޓީމުން ބަލައި އެތަކަތި ބޭނުން ކުރެވިދާނެ ކަމަށް ވެސްފެނުނެވެ.

އޮކްޓޫބަރު 31 ވަނަ ދުވަހު އިނގިރޭސީން މީދު އަށް ދިޔަ އެވެ.އެއް ދުވަސް ވަންދެން މީދޫ ބެލުމަށް ފަހު މީދޫގެ ފޮޓޯތަކެއް މަތިން ނަގައިހެދި އެވެ.

އައްޑު އަތޮޅުގެ ސާވޭ އަށް ފަހު ނޮވެމްބަރު 1 ވަނަ ދުވަހުސަންޑަލޭންޑް ދިޔައީ ޑިއެގޯ ގާސިޔާ އަށެވެ. އަސްކަރީ މަރުކަޒަށް ބޭނުންވާވަރަށް ދެ ރަންވޭއެއް އެތަނުން ލިބެން ނެތުމުން ސިއްރު އޮޕަރޭޝަނެއްގެތެރެއަށް އިތުރު ބުރެއް ނުވައްދާން ވެގެން އެ މަސައްކަތް ހުއްޓާލީ އެވެ.
ނޮވެމްބަރު 7 ވަނަ ދުވަހު ސަންޑަލޭންޑް އަލުން އައްޑު އަށްދަނިކޮށް ބޯޓުގެ އިންޖީނުގައި މައްސަލައެއް ޖެހިގެން އައްޑޫ މަތީން ބުރެއްޖެހުމަށް ފަހު ދިޔައީ މާލެ އަށެވެ. ހަމަ އެދުވަހު އިނގިރޭސީންނާއި ދިވެހިސަރުކާރުގެ އިސް ވެރިންގެ ބައްދަލުވުމެއް ވެސް މާލޭގައި އޮތެވެ. ސަރުކާރުގެފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެންމެ އިސް ވެރިޔަކީ އޭރުގެ ބޮޑުވަޒީރުމުހައްމަދު އަމީނެވެ. -- އެ ބައްދަލުވުމުގެ ވާހަކަ އެހެން ފަހަރަކަށް ބޭއްވީ އެވެ.

އޭގެ އެއް ދުވަސް ފަހުން ސަންޑަލޭންޑްގެ ސާވޭ ދަތުރުނިންމާލާފައި ޓްރިންކޮމަލީ އަށް ގޮސް ސިލޯނުގައި ހުންނަ އިނގިރޭސި ވައިގެސިފައިންގެ ހެޑް ކްއާޓަރަށް ރިޕޯޓް ހުށަހެޅި އެވެ. އައްޑު އަތޮޅަށް އިނގިރޭސިސިފައިން ދެ ވަނަ ފަހަރު އަންނަން ނިންމީ ވަރަށް ސިއްރު ގޮތެއްގައިއިނގިރޭސި ސަރުކާރުން މި ރިޕޯޓު ބަލައި ދިރާސާ ކުރުމަށް ފަހު އައްޑުއާވަރަށް ގަޔާ ވެގެންނެވެ.

ސީޝެލްސް އާއި ޑިއެގޯގާސިޔާގެ ބަދަލުގައި "އޮޕަރޭޝަންކޮންކިއުބައިން" އައްޑު އަތޮޅަށް ހުއްޓުވައިލި ހާއްސަ ސަބަބުތަކެއް ވެސް ވެއެވެ. އެއް ސަބަބަކީ ބޭނުންވާ ވަރުގެ ރަންވޭއެއް ގަމުން ލިބުމެވެ. އަދި މީހުންތިބޭނެ އިމާރާތްތައް ބިނާ ކުރުމަށާއި މުއާސަލާތީ ނިޒާމު ގާއިމު ކުރުމަށް ބިންއޮތުމެވެ. ހަނގުރާމައިގެ ދުވަސްވަރު ގަމުގެ ބޮޑު ބައެއް ސާފުކޮށް އަދި ބައެއްއިމާރާތްތައް ހަދާފައި ހުރުން އެއީ ވެސް ސަބަބެކެވެ.

"ޑިއެގޯގާސިޔާ އާއި ކޮއޭޓިވީ އޮންނަނީ އިންޑިޔާ ކަނޑުގެ ދެކުނުގައިކަމުން ދުރު އިރުމައްޗަށް ސީދާ ދަތުރުކުރަން ފަސޭހަ ނުވާނެ ކަންއަހަރެމެންނަށް ގަބޫލު ކުރެވުނު. އެ ސަބަބުތަކަށްޓަކައި އިންޑިޔާ ކަނޑުގައިގާއިމު ކުރާ ސިފައިންގެ އަސްކަރީ މަރުކަޒު އައްޑު އަތޮޅު ގަމުގައި ގާއިމުކުރުމަށް ނިންމީ،" މައިކަލް ވިދާޅުވެފައިވެ އެވެ.