ކުޅިވަރު

އަލްވޭސް ގެންނަން ސިޓީން ތައްޔާރު ވެއްޖެ

Jun 18, 2017
  • ޔުވެންޓަސް އިން ވަނީ 34 އަހަރުގެ ޑިފެންޑަރު، ދޫކޮށްލަން އެއްބަސް ވެފަ
  • އޭނާ ލައްވައި ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުވަން ސިޓީ އޮތީ ތައްޔާރަށް
  • އަލްވޭސް ގެންދަން ސިޓީ މަސައްކަތް ފެށީ، ޓޮޓެންހަމްގެ ކައިލްގެ އަގު ބޮޑުވުމުން

ޔުވެންޓަސްގެ ޑިފެންޑަރު ޑެނީ އަލްވޭސް ގެންދަން، މެންޗެސްޓާ ސިޓީއިން ޔުވެންޓަސް އަށް ހުށަހަޅައިފި އެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހުރީ، އަލްވޭސް34 ލައްވައި ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުވާ ށެވެ.

ސިޓީގެ ޑިފެންޑަރުން ކަމަށްވާ ބަކޭރީ ސަންޔާ އާއި ގައެލް ކްލިޗީ، ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިމަހުގެ ނިޔަލަށް ހަމަވުމުން، ސިޓީއިން ނިންމައިގެން ހުރީ އެ ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ. އެހެންވެ އެ ދެކުޅުޅުންތެރިން ނެތްތައް ފޫބައްދަން، ސިޓީ އަށް ވަނީ ޑިފެންޑަރަކު ހޯދަން ޖެހިފަ އެވެ. އަލްވޭސް ގެންނަން މަސައްކަތް ކުރަނީ އެ މަގާމު ފޫބައްދުމަށެވެ.

ޔުވެންޓަސްއިން ވަނީ، އެ ޓީމަށް، ނިމިދިޔަ ސީޒަންގައި، ދެ ތަށި ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގް ފައިނަލާ ހަމަޔަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެފަ އެވެ. އަލެވޭސް، ވަނީ، ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގްގައި، ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ގާޑިއޯލާ ވަނީ، ބާސެލޯނާގައި އަލްވޭސް އަށް ކޯޗް ކޮށް ދީފަ އެވެ. ޔުވެންޓަސްއާ އެކު، އަލްވޭސް ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އަދި އެބައޮތެވެ. އޭނާ ދޫކޮށްލަން، ޔުވެންޓަސްއިން އެއްބަސް ވަނީ ފަސް މިލިއަން ޕައުންޑް (98 މިލިއަން ދިވެހި ރުފިޔާ) އަށެވެ. އަލްވޭސް ވަނި އޭނާގެ ކުރީގެ ކޯޗްގެ ޓީމަށް ބަދަލު ވުމަށް އެއްބަސް ވެފައެވެ.

ސިޓިން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ޓޮޓެންހަމްހޮސްޕާގެ ކައިލް ވޯކާ ގެންދިއުމަށެވެ. ނަމަވެސް، ޓޮޓެންހަމްއިން އޭނާ ދޫކޮށްލަން ކިޔާ އަގު ބޮޑު ކަމުން، ސިޓީގެ ވިސްނުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ބަދަލު ވެފަ އެވެ. ކައިލް ދޫކޮށްލަން ޓޮޓެންހަމްއިން ކިޔަނީ 40 މިލިއަން ޕައުންޑް (788 މިލިއަން ދިވެހި ރުފިޔާ) އަށެވެ.