ރިހަފަތް

ރޯދަ ވީއްލުން ފުރިހަމަ ކޮށްލާނެ "ސްޕައިސީ ޗިކްސް"

Jun 18, 2017

ރޯދަ ވީއްލާ ގަޑިއަށް ރޮއްޓާއެކު ކެއުމަށް ކޮންމެ ދުވަހަކު ވެސް ތަފާތު ބާވަތުގެ ކާނާ ތައްޔާރުކޮށްލާފައި ހުރެ އެވެ. އެގޮތުން މިއަދު "ރިހަފަތް" ގައި ވެސް މި ގެނެސް ދެނީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ކުކުޅުގަނޑެއް ތައްޔާރުކޮށްލާނެ ގޮތެވެ. މިއީ "ސްޕައިސީ ޗިކްސް" އެވެ. މި ޑިޝް ހަދާގޮތް ދަސްކޮށްލާށެވެ.

ބޭނުންވާ ތަކެތި

ބެލް ޕެޕާ
ކައްކާފައި ހުރި ކުކުޅު
މުގުރި މިރުސް
މެގީ ޓޮމާޓޯ ސޯސް
މެގީ ސޯޔާ ސޯސް
ލޮނުމެދު
އިނގުރު
ފިޔާ
ހިކަނދިފަތް
ޗިކަން ޕައުޑާ
ކެޕްސިކަމް
ޓޮމާޓޯ

ތައްޔާރު ކުރާނެ ގޮތް

ތަވައަށް ސަފޯލާ ގޯލްޑް ތެޔޮ އަޅާލުމަށް ފަހު ހޫނުކޮށްލާށެވެ. އަދި ފިޔާ މީރުކޮށްލުމަށް އިނގުރާއި ލޮނުމެދާ އަދި ހިކަނދިފަތާއެކު ފިޔާ އެ ތަވާތެރެއަށް އަޅާލާ، ހާވާލާށެވެ. ދެން އޭގެ ތެރެއަށް ކެޕްސިކަމް އާއި ޓޮމާޓޯ އެޅާލާށެވެ. ދެން އޭގެ ތެރެއަށް އަޅާލާނީ ބެލް ޕެޕާ އެވެ. އެއަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްކޮށްލުމަށް ފަހު ތަވާގެ ތެރެއަށް ތިން މޭޒުމަތީ ސަމްސާގެ ސޯޔާ ސޯސް އާއި ޓޮމާޓޯ ސޯސް އަޅާލާށެވެ. އަދި ދެ މޭޒުމަތީ ސަމްސާ ނޫނީ އެ މީހަކު ކުޅި ރަހަ ބަހައްޓަން ބޭނުން ވަރަކަށް މުގުރި މިރުސް އަޅާލާށެވެ. ކުޑަ ލޮނުކޮޅެއް އަޅާލުމަށް ފަހު ދެން އަޅާނީ ކުރިން ކައްކާފައި ހުރި ކުކުޅާއި ދެ މޭޒުމަތީ ސަމްސާގެ ޗިކަން ޕައުޑަރެވެ. ދެން ކުޑަ ފެން ކޮޅެއް އަޅާލާފައި ރަނގަޅަށް ކައްކާލާަށެވެ.