ރިހަފަތް

"ޓޮމް ޔަމް ކުން" ސޫޕް، މީހާ ތާޒާ ކޮށްލާނެ!

Jun 19, 2017
3
0%
0%
0%

"ރިހަފަތު" ގައި މިއަދު މި ގެނެސްދެނީ "ޓޮމް ޔަމް ކުން" ސޫޕް ތައްޔާރުކޮށްލާނެ ގޮތެވެ. ޓޮމް ޔަމް ސޫޕްގެ ވައްތަރުތަކަކީ ދިވެހިންނަށް އާ ރަހައެއް ނޫނެވެ. އެއީ ޖަޕާނުގައި އެންމެ މައްޝޫރު އެއް ސޫޕެވެ. ނަމަވެސް އެ ސޫޕް ފަސޭހައިން ތައްޔާރުކޮށްލަން ނޭނގެނީ އެވެ. އެގޮތް ވެސް ބުނެދޭނަމަވެ.

ބޭނުންވާ ތަކެތި

ފިޔާ
ލެމަން ގްރާސް
ޓޮމާޓޯ
ޗިލީ
ކޮރިއަންޑާ
ޓޮމާޓޯ ޕޭސްޓް
ޕްރޯންސް
ކުކުޅުގެ ކަށި
ލޮނު
ގަލަންގަލް
ލައިމް

ތައްޔާރު ކުރާ ގޮތް

ތެއްޔަށް ފެން އެޅުމަށް ފަހު އޭގެ ތެރެއަށް ކުކުޅުގެ ކަށިތައް ލާ ހޫނު ކުރަން ޖައްސާނީ އެވެ. އެއަށް ފަހު 1/2 ފިޔާ ކޮށާލާފައި ތެލީ ތެރެއަށް އަޅާލާނީ އެވެ. އަދި ތޮށި ނުމަށާ ތިން ގަލަންގަލް ތޮތިފޮއްޗައް ކޮށާލާފައި ތެއްޔަށް އަޅާލާނީ އެވެ. ދެން ތިން މިރުސް މެދުން ފަޅިކޮށްލާފައި ތެއްޔަށް ވައްޓާލާށެވެ. ދެން ތެލީ ތެރެއަށް އަޅާނީ ދެ ޓޮމާޓޯ އާއި ފަސް ކާފިރް ލައިމް ފަތެވެ. އެއަށް ފަހު ދެ އިންޗި ދިގު ތިން ލެމަން ގްރާސް އާއި ކޮރިއަންޑާ ފަތް ކޮށާލާފައި އަޅާލާނީ އެވެ.

ދެން ތެލީގައ ހުރި އެއްޗެހި ތެރެއަށް އެއް ލުނބޯ ފިތާލާނީ އެވެ. އަދި ހަތަރު މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓު އެޅުމަށް ފަހު ރަނގަޅަށް ކައްކާލާނީ އެވެ. އެ ތަރުކާރީގެ ހުރި ތަކެތި ކެކިލީމައި ފެންގަނޑު ތަވާގައި ބެހެއްޓުމަށް ފަހު ތަރުކާރިތައް ފުރާނާލާފައި ވަކިކުރާނީ އެވެ. އޭރުން ދެން ތަވާގެ ތެރޭ ހުންނާނީ ކުރިން އެޅި ތަރުކާރީގެ ދިޔަ އިން ސޫޕްއެއް ހެދިފަ އެވެ.

އޭގެ ތެރެއަށް ދެން އަޅާލާނީ މެދު ސައިޒެއްގެ ތިން ޕްރޯންސް އެވެ. ދެން ދެ މޭޒުމަތީ ސަމްސާގެ ލޮނު އަޅާލާފައި އަނެއްކާ ވެސް 10 މިނެޓު ވަންދެއް ކައްކާލާނީ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓޮމް ޔަމީ

އަހަރުމެން ގޭ ރޫފްމަތީގަ އެބަހުރި ފެހިކުލައިގެ ބޮޑުގަހެއް ފަޅަން އުޅެފަ. އެއީ ގަލަންގާލް ގަހެއްތަ؟

ޓޮމް

ޖަޕާނުގެ ސްޕެޝަލްތަ؟

ޘޮމްޔަމް

މުޅިން ރަގަޅު ރެސިޕީ އެއް ނޫން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345