ކުޅިވަރު

މޮޑްރިޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ

Jun 20, 2017

ފުޓްބޯޅައިގެ ކޮރަޕްޝަން މައްސަލައެއް ތުހުމަތު ކޮށްފައިވާ، ކޮރޭޝިއާގެ ޑައިނަމޯ ޒެގްރާބްގެ ކުރީގެ ޑައިރެކްޓާ ޒެޑްރަވްކޯ މަމިޗްގެ މައްސަލައިގައި ކޯޓަށް ދޮގު ބަޔާނެއް ދިނުމުގެ ތުހުމަތުގައި، ކޮރޭޝިއާ އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ލުކަ މޮޑްރިޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ޒެގްރާބްގައި، މޮޑްރިޗް ހުއްޓައި 2008 ވަނަ އަހަރު، އޭނާ ޓޮޓެންހަމް އަށް ގެންދިއުމުގެ ކަންތަކުގައި، މޮޑްރިޗް ވަނީ މަމިޗްއާ މަޝްވާރާ ކޮށްފަ އެވެ. މޮޑްރިޗް ގެންދިއުމަށް ޓޮޓެންހަމްއިން، ޑައިނަމޯ އަށް ދިން ފައިސާގެ ތެރެއިން ބޮޑު ބައެއް މަމިޗް ނަގާފައިވާ ކަމަށް، އޭނާގެ މައްޗަށް ކުރެވޭ ދައުވާގައި، މޮޑްރިޗް ވަނީ، ބަޔާނެއް ދީފަ އެވެ.

މޮޑްރިޗް ބަޔާނުގައި، އޭނާ ދީފައި ވަނީ ކަންކަން ހިނގާފައިވާ ގޮތުގެ އަސްލަަށް ބަލައިގެން ނޫން ކަމަށް ކޯޓުން ކަނޑައާޅައި، މޮޑްރިޗްގެ މައްޗަށް، ކޯޓަށް ދެގޮ ބަޔާން ދިން ކަމުގެ ޖިނާއީ ދައުވާ ވަނީ އުފުލާފަ އެވެ.

މޮޑްރިޗް ވަނީ، އޭނާ އާއި މަމިޗާ ދެމެދު ވެވުނު އެއްބަސްވުމުގެ ތާރީހާއި ބައެއް ތަފްސީލުތަކަށް ބަދަލު ގެނެސް، ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި، މަމިޗްގެ އިތުރުން، އިތުރު ތިން މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.