ވިޔަފާރި

ޓޫރިސްޓުންނަށް ހަމައެކަނި ރާއްޖެއިން ލިބޭނެ އަށް ތަޖުރިބާ!

Jun 21, 2017
1

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ މީހަކަށް ހަމައެކަނި އޮތީ ރީތި ގޮނޑުދޮއްތަކެއް ނޫނެވެ. އަދި ނޫވިލުތަކާއި ދޮން ފަސް ގޮނޑު ދޮށްތަކުގައި ބީހިލާފައި ދިއުމެއް ވެސް ނޫނެވެ. ރާއްޖެއަކީ ހާއްސަ ގިނަ ކަންތައްތަކެއް މެހުމާނުންނަށް ލިބިދޭ ތަނެވެ. ތިރީގައި އެވަނީ ހަމައެކަނި ރާއްޖޭން މެހުމާނުން ނަށް ލިބޭނެ އަށް ކަންތައްތަކެވެ.

ސްކޫބާ ޑައިވިން

ޑައިވް ދުވަހު ނުކުރިއަސް ރާއްޖެ އައިސް އެކަން ކުރެވިދާނެ އެވެ. ރާއްޖޭގެ 100 އަށްވުރެ ގިނަ ރިސޯޓާއި ގިނަ ގެސްޓްހައުސްތަކުގައި ޑައިވް ކިޔަވައިދެ އެވެ. "ފަން ޑައިވް" ކުރެވިދާނެ އުކުޅުތައް ކިޔައިދެ އެވެ. އަދި ޑައިވް ނުކުރިނަމަވެސް ލައިފް ޖެކެޓެއް އަޅައިގެން ވެސް މިކަން ކޮށްލެވިދާނެ އެވެ. މިއީ "ސްކޫބާ ޑައިވް" އެވެ.

ސްނޯކްލިން

މާސްކެއް އަޅާލައިގެން ފެން މަތީގައި އޮވެގެން ކޮށްލާ "ސްނޯކްލިން" ކޮށްލުމަކީ އެންމެ ބޮޑު އުފަލެވެ. ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ބޮޑު މީހެއް ނޫނީ ކުޑަ ކުއްޖަކަށް ނަމަވެސް މިކަން ކޮށްލެވިދާނެ އެވެ.

މޫދު ކުޅިވަރުތައް-ވޯޓާ ސްޕޯޓްސް

"ސްކޫބާ ޑައިވް" ނުވަތަ "ސްނޯކްލިން" އަށް ވުރެ ފުނަށް ދާނަމަ މޫދު ކުޅިވަރުތައް ހިޔާރު ކުރެވިދާނެ އެވެ. ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި ވެސް ވޯލްޑް ކްލާސް މޫދު ކުޅިވަރު ސެންޓަރުތައް ހިންގަ އެވެ. މި ތަންތަނުގައި ކެނޯ ޖަހައިލަން ދެވިދާނެ އެވެ. ނުވަތަ ޖެޓްސްކީ ދުއްވައިލުން ވެސް މިއީ ކުރެވިދާނެ ކަމެކެވެ.

ސީޕްލޭންގައި ފޮޓޯ ފްލައިޓެއް

ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ގައުމެވެ. އެހެންވެ ރާއްޖޭގައި ސީޕްލޭންގައި އެއްތަނުން އަނެއް ތަނަށް ގޮސްލުމަކީ ފަސޭހަ ކަމެކެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މީހަކަށް ރިސޯޓުތަކުން ސީޕްލޭން ފޮޓޯ ޝޫޓްތައް އިންތިޒާމު ކޮށްދޭނެ އެވެ. ހަމަގައިމުވެސް މިއީ ރާއްޖޭގެ ހިތްގައިމު ފަރުތަކާއި ގިރިތައް އަދި ހާތަކާއި ހިތް އުފޭފަދަ ރީތި ރަށްތަކުގެ މަތިން ފޮޓޯއެއް ނަގާލަން ފުރުސަތަކަށްވާނެ އެވެ.

މޫދު އަޑީގެ ސްކޫޓާ ދުއްވާލުން

ރާއްޖޭގެ މޫދު ކުޅިވަރުތަކަށް ދާދި ފަހުން އާއްމު ކުރި އަންޑަ ވޯޓާ ސްކޫޓާ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މޫދު އަޑީގައި ދުއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ސްކޫޓާ" ގައި ދެ މީހަކަށް ދުއްވާލެވޭނެ އެވެ.

މޫދު އަޑީގެ ސްޕާ

މޫދު އަޑި ނުވަތަ ފެނު އަޑީގެ ސްޕާ ދުނިޔޭގައިވެސް މަދެވެ. އަދި ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ހަދާފައިވާ ދެވަނަ ސްޕާއެއް ރާއްޖޭގައި ނޫނީ ނުހުންނާނެ އެވެ. ރާއްޖޭގެ ނިޔާމަ ރިސޯޓުގައި ހަދާފައިވާ މޫދު އަޑީގެ ސްޕާއަކީ ރާއްޖެއަށް އަންނަ ޓޫރިސްޓަކަށް ތަޖުރިބާ ކޮށްލަން ލިބޭނެ ފުރުސަތެކެވެ.

ބިއްލޫރީގެ އޮޑި ދުއްވާލުން

ރާއްޖެއަށް އަންނަ ޓޫރިސްޓަކަށް ބިއްލޫރިން އޮޑީގެ ފޫ ހަދާފައިވާ އުޅަނދުފަހަރު ދުއްވާލުމުގެ ތަޖުރިބާ ލިބޭނެ އެވެ. މިފަދަ އުޅަނދު ފަހަރު ގިނަ ރިސޯޓުތަކުގައި ހުރެ އެވެ. މި އުޅަނދު ފަރުމާކޮށްފައިވަނީ އޮޑީގައި އިންނަ މީހާއަށް މޫދު އަޑި ފެންނާނެ ގޮތަކަށެވެ. މީގެ އުޅަނދެއްގައި އިންނައިރު މޫދު އަޑީގެ މަސްތަކާއި ރީތި މުރަކަތައް ފެންނާނެ އެވެ.

ސަމްބެރިން ދަތުރެއް

ދުނިޔޭގައި ހެދި ފުރަތަމަ ފަސިންޖަރުން އުފުލާ ސަބްމެރިން އޮތީ ރާއްޖޭގަ އެވެ. އެއް ފަހަރާ ގިނަ ބަޔަކަށް ކަނޑުގެ އަޑި ބަލައިލުމަށް މީގެ ސަބްމެރިންއެއްގައި ބުރެ ޖަހައިލުމުގެ ފުރުސަތު ރާއްޖޭން ނޫނީ ނުލިބޭނެ އެވެ.