ހަބަރު

އެސިސްޓެންޓް އެޓާނީ ޖެނެރަލަކަށް ބޭފުޅަކު އައްޔަން ކޮށްފި

އެޓާނީ ޖެނެރަލް އޮފީހުގެ، އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ހަމަޖައްސާފައި ވަނީ، ފުވައްމުލަކު، ދަޑިމަގު، މާވައި އަހުމަދު ހިޝާމް އެވެ. އޭޖީ އޮފީހުގައި މިހާރު ވެސް ޑެޕިޔުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި އަހުމަދު އުޝާމް ހުންނަވަ އެވެ.

ހިޝާމްއަކީ މީގެކުރިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ބޮޑެތި ގިނަ މައްސަލަތަކެއްގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވެ އެވެ.