ހަބަރު

އެމްއާރްޑީސީގެ އެމްޑީ ކަމުން ނިމާލު އިސްތިއުފާ ދެއްވައިފި

Jun 21, 2017
3

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލު އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ. ނިމާލް މިރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވީ އޭނާ އެމްއާރްޑީސީގެ މަގާމު ދޫކޮށް އިސްތިއުފާ ދެއްވީ އަންނަ ރިޔާސީ އިންތިހާބު ކައިރިވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދެވުމަށް އޭނާ އަށް ކުރެއްވެން ހުރި މަސައްކަތްތަކަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ.

"އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު، އެހެންވެ ރައީސަށް ކާމިޔާބު ހޯދައި ދިނުމަށް ބޭނުންވާ ތާއީދު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރަން އަޅުގަނޑު ވަރަށް ބޭނުންވޭ، އެހެންވެ އެމްއާރްޑީސީގެ މަގާމު ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.

ނިމާލް އެމްއާރްޑީސީއަށް ލެއްވީ މިދިއަ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. އޭރު ހުންނެވީ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އެ މަގާމަށް ލެއްވީ މިދިއަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ނިމާލް އޭގެ ކުރިން އޭނާ ހުންނެވީ ފެނަކައިގެން އެމްޑީގެ މަގާމުގަ އެވެ. ނިމާލް ފެނައިކައިގެން ވަކި ކުރީ ސެޕްޓެމްބަރު 26، 2016 ގައެވެ.

ނިމާލް އެމްއާރްޑީސީން އިސްތިއުފާ ދެއްވި ނަމަވެސް އެކަމާ ގުޅިގެން ޕްރަވެޓައިޒޭޝަން ބޯޑުން އަދި އެއްޗެއް ނުބުނެ އެވެ.