ހަބަރު

ފޯނެއް ފޭރިގަނެ ފިލަން އުޅެނިކޮށް ފުލުހުން ކާރުން ޖައްސައި އަތުލައިގެންފި

Jun 21, 2017
17
މާލެ ތެރެ ބަލަހައްޓަން ފުލުހުންގެ ބަޔަކު ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް ލައިފް
0%
0%
0%

ފޯނެއް ފޭރިގަނެގެން ފިލަން މަސައްކަތް ކުރި ސައިކަލެއްގައި ފުލުހުންގެ ކާރުން ޖައްސާ ވައްޓާލުމަށް ފަހު އޭގައި ތިބި މީހުން އަތުލައިގެންފި އެވެ.

އެ ހާދިސާ ހިންގާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު މަޖީދީމަގުގައި ހުންނަ ލަގްޒަރީ ފިހާރަ ކައިރީގަ އެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުން ދިޔަ ދެ ބިދޭސީއެއް އަތުން ފޯނެއް ފޭރި ގަނެގެން ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާ ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ މަންޒަރު ދުށް ފުލުހުން ކާރުގައި ގޮސް ސައިކަލުގައި ޖައްސާ ވައްޓާލުމަށް ފަހު ހައްޔަރު ކުރީ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށާއި ކޯޓަށް ހާޒިރު ކުރުން އެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި މިރޭ ވެސް ވަނީ ޓޫރިސްޓެއް އަތުން ފޭރެން މަސައްކަތްކޮށްފަ އެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345