ހަބަރު

ފޭރުނު ބައެއްގެ އަތުން ޓޫރިސްޓަކަށް އަނިޔާވެއްޖެ

Jun 21, 2017
5
މި އަހަރުގެ ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް: ފޭރެން އުޅުނު ބައެއްގެ އަތުން ޓޫރިސްްޓުންތަކަށް ވަނީ އަނިޔާވެފަ .- އަވަސް ފޮޓޯ
0%
0%
0%

ހުޅުމާލޭ ޓާމިނަލް ކައިރިން ޓޫރިސްޓެއްގެ އަތުން އޭނާގެ އަތްދަބަސް ފޭރިގަންނަން މިރާބަޔަކު މަސައްކަތްކޮށްފި އެވެ. މިރޭ 7:04 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ޓޫރިސްޓު މީހާއަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން، މިރޭ ހުޅުމާލޭ ޓާމިނަލް ކައިރިން ހިންގާފައި ދިޔަ ޓޫރިސްޓެއްގެ އަތްދަބަސް ފޭރިގަންނަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި އަތްދަބަސް ފޭރިގަންނަން އުޅުމުގެ ތެރޭގައި ޓޫރިސްޓު އަންހެން މީހާއަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަތްްދަބަސް ފޭރިގަންނަން މަސައްކަތް ކުރި ނަމަވެސް ޓޫރިސްޓު މީހާ ވެސް ދަބަހުގައި ހިފާ ދޫނުކުރި. އެހެންވެ އެކަން ކާމިޔާބެއް ނުވި. ނަމަވެސް އެ މީހާގެ ވަނީ އަނިޔާވެފައި،" ފުލުހުން ބުންޏެވެ.

އަތްދަބަސް ފޭރިގަންނަން އުޅުނީ ހުޅުމާލޭ ކައިރިން ހިނގާފައި ދިޔަ ތިން އަންހެން ޓޫރިސްޓުންގެ ތެރެއިން އެކަކު އަތުގައި އޮތް ދަބަހެވެ. އެއީ މޯލްޑޯވާއާއި އުޒްބަކިޒްތާން އަދި ޔޫކްރޭން އަންހެނެކެވެ. އެ ފުލުހުން ބުނީ އަނިޔާވީ ޓޫރިސްޓު މީހާއަށް އޭޑީކޭއިން ފަރުވާދީފައިވާ ކަމަށެވެ. އަދި އެ މީހުން މިރޭ ފުރާތީވެ އެ މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނންމަން މަސައްކަތް ކުރާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އަދި އެކަން ހުއްޓުވުމަށް ފުލުހުން ވަނީ މާލެގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މަގުމަތީގެ ހަރަކާތްތައް ވެސް އިތުރުކޮށްފަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާލިމީ

ހަރުކަށި ފިޔަވަޅު އަޅައިގެން މިކަންތައް ނުހުއްޓުވިއްޖެނަމަ މިކަމުގެ އަސަރު ދުވަސްކޮޅަކުން ކުރީމާ އެެކަން ރަގަޅު ނުކުރެވޭނެކަން ޔަގީން.

މަންޖެ

ފޭރުން އިތުރު ވިޔަސް ތިކަމެއް ނުހުއްޓޭނެ. ހައްޔަރު ކުރާނެ. އެކަމަކު އެމީހުންގެ ފޮޓޯއެއް ވެސް ތިޔަ ބައިގަނޑު ނުދައްކާނެ. އެމީހުން ތިބެނީ ފުލުހުންގެ ހިމާޔަތުގަ

ޟައިމާން

ފުލުހުން ތިބޭ ގޭގަ ނިދަން. މަގުމަތީގައި ފޯރިމަރަން ފުލުހުންނަށް މަނާ ގައުމެއްމީ!

ބޭރިދޮންބުޅާ

ފުލުހުން ކަނޑާނީ ފޮނި، ފޭރުން ހައްތާ ވަނީ އިތުރު

އައްޓަމަސް

ކުރިޔަސް ބާރަށް ކުރިޔަށް މިގަވްމު ފްލްސްޕީޑްގަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345