ވާހަކަ

ޑެނީ އަލްވޭސް ދޫކޮށްލަން ޔުވެންޓަސް އިން ނިންމައިފި

Jun 24, 2017

ޔުވެންޓަސް އަށް ކުޅެމުންދިޔަ ބްރެޒިލްގެ ރައިޓް ބެކް ޑެނީ އަލްވޭސް ދޫކޮށްލާނެ ކަމަށް ޔުވެންޓަސް އިން ބުނެފި އެވެ.

ޔުވެންޓަސްގެ ޗީގް އެގްޒެކުޓިވް މެޕޭ މަރޯޓާ ބުނީ އާ ތަޖުރިބާއެއް ކުރަން ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ ކަމަށް އަލްވޭސް ބުނެފައިވާ ކަމަށެވެ. އަދި ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އަލްވޭސް ދޫކޮށްލަން ޔުވެންޓަސް އިން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ، އަލްވޭސް ވަނީ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި އިޓާލިއަން ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފަ އެވެ.

އަލްވޭސް ގެންދަން މެންޗެސްޓާ ސިޓީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބާސެލޯނާގައި އަލްވޭސް އަށް އިރުޝާދު ދީފަ އެވެ.

ބާސެލޯނާގައި އަށް ސީޒަން ހޭދަކޮށް، އެ ކްލަބާއެކު އަލްވޭސް ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.

ބަކާރީ ސަންޔާ އާއި ޕަބްލޯ ޒަަބަލެޓާ މިދިޔަ ސީޒަނަށް ފަހު ދޫކޮށްލުމުން، ސިޓީން ވަނީ އާ ރައިޓް ބެކެއް ހޯދަން މަސައްކަތްކުރަމުންނެވެ.