ދުނިޔެ

ސައުދީން ހުށަހެޅީ ކުރެވޭނެ ކަންކަމެއް ނޫން: ގަތަރު

Jun 24, 2017

ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގަަތަރާއި ގުޅުން ކަނޑާލާފައިވާ ގައުމުތަކުން ހުށަހެޅި ކަންތަައްތަކަކީ ހަމަޖެހޭ ކަންތައްތަކެއް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަންތައްތަކެއް ވެސް ނޫން ކަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުސަރުކާރުގެ ގަތަރު ނިއުސް އެޖެންސީ އާ ހަވާލާދީ އަލްޖަޒީޒާ ބުނީ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން ކުރަން ހުށަހަޅާ ކަންތަައްތަކުގެ ލިސްޓް ސައުދީން އެ ގައުމަށް ލިބުނީ މިދިޔަ ބުދަދުވަހު ކަމަށެވެ.

ގަތަރު ސަރުކާރުން ބުނެފައި ވަނީ ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅި ގައުމުތަކުން އެ ފިޔަވަޅު އެޅުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެެއް ހުރި ކަމެއް ނޫންކަން ހުށަހެޅި ލިސްޓުން އެނގޭ ކަމަށެވެ.

"ޑިމާންޑްތަކުގެ މި ލިސްޓުން ކަށަވަރު ކޮށްދޭ ގަތަރުން އެންމެ ފުރަތަމަ ވެސް ބުނީ ތެދެއްކަން. ގާނޫނާ ހިލާފު މި ހިސާރަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަން. އެކަމުގެ ބޭނުމަކީ ގަތަރުގެ ސިޔާދަތު ހަނި ކުރުން. އަދި ގަތަރުގެ ހާރިޖީ ސިޔާސަތު އެހެން ބަަޔަކަށް ދޫކޮށްލުން،" ގަތަރު ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީހުގެ ޑައިރެކްޓަރު ޝައިޚު ސައިފް ބިން އަޙުމަދު އައް ސާނީ ވިދާޅުފި ކަމަށް އަލްޖަޒީރާގެ ހަބަރުގަައި ވެއެވެ.

ގަތަރާއި ގުޅުން ކަނޑާލައިގެން އުޅޭ އަރަބި ގައުމުތަަކުން ވަނީ ހިސާރު ނަައްތައިލުމުގެ ކުރިން 13 ކަމެއް ކުރަން އެގައުމަށް ހުށަހަޅާފައެވެ. އެ ލިސްޓްގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ގަތަރުގައިވާ ތުރުކީ ސިފައިންގެ މަރުކަޒު ބަަންދުކުރުމާއި އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި އަލް ޖަޒީރާ ޓީބީ ބަންދު ކުރުން ހިމެނެއެވެ.