ބޭރު ކުޅިވަރު

ބަލޮޓެލީ ކޮންޓުރެކްޓް އާކޮށްފި

Jun 26, 2017

ފްރާންސްގެ ނީސް އަށް ކުޅެމުންދާ އިޓަލީގެ ފޯވަޑް މާރިއޯ ބަލޮޓެލީ އެ ކްލަބުގެ ކޮންޓުރެކްޓް އާކޮށްފި އެވެ.

މިދިޔަ ސީޒަންގެ ފްރާންސް ލީގު ތިން ވަނައިގައި ނިންމާލައި، ޗެމްޕިއަންސް ލީގަށް ނީސް ކޮލިފައިވިއިރު، ބަލޮޓެލީ ވަނީ ލީގުގައި 15 ލަނޑު ޖަހައިފަ އެވެ.

ބަލޮޓެލީ ވަނީ ނީސްގެ ކޮންޓުރެކްޓް އިތުރު އެއް އަހަރަށް އާކޮށްފަ އެވެ.

ނީސް އިން ބުނީ ބަލޮޓެލީ ކޮންޓުރެކްޓް އާކުރުމުން އުފާކުރާ ކަމަށާއި ބަލޮޓެލީ އެ ކްލަބުގެ ކޮންޓުރެކްޓް އާކުރީ މާބޮޑަށް ފައިސާ އަށް ނުވިސްނާ ކަމަށެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ބަލޮޓެލީ ނީސްގެ ކޮންޓުރެކްޓް އާކުރީ އޭނާގެ މުސާރަ ކުޑަކޮށްފަ އެވެ.

ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގައި ބަލޮޓެލީ ނީސް އަށް ބަދަލުވީ މިދިޔަ އަހަރެވެ.

ބަލޮޓެލީ ވަނީ އިޓަލީގެ ގައުމީ ޓީމަށް ކުޅުނު 33 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. އެކަމަކު 2014 ވަނަ އަަހަރުގެ ވޯލްޑް ކަޕަށް ފަހު ބަލޮޓެލީ ގައުމީ ޓީމަކަށް ނުނަގަ އެވެ.