ހަބަރު

ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

Jun 26, 2017

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. މިއަދު އަލިފާނުގެ ހާދިސާއެއް ހިނގީ މއ. ޑުވެލިންގް ގައެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ފަހު 1:00 ޖަހާ އެހާކަންހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް އެ މައުލޫމާތު ލިބުމުން ގޮސް އަލިފާން ނިއްވާލި އިރު ރޯވެފައި ހުރީ ޑުވެލިންގް ގޭގެ ދެވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ އެނދެއްގައި އަޅާފައި އޮތް ގޮދަޑިއެއްގައި ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ވުމުގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

ރޭވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ.